Haaluga jehunu Lanka ge mas boat thakakah MNDF inn ehee vanee
image
ކޯސްޓުގާޑު އުޅަނދެއް-- ފޮޓޯ: މޯލްޑިވްސް ޓައިމްސް
0 ކޮމެންޓް
 

މޫސުން ގޯސްވެ، ހާލުގައި ޖެހުނު ލަންކާގެ މަސް ބޯޓުތަކަށް އެމްއެންޑީއެފުންް އެހީވަނީ

މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުނު ލަންކާގެ ހަތް މަސް ބޯޓަކަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެހީތެރިވާން ފައްޓައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ހަތް މަސް ބޯޓު ހާލުގައި ޖެހުނީ އިހަވަންދިއްޕޮޅާ ދިމާލުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރަމުން ދަނިކޮށް ކޮޅިގަނޑެއްގައި ޖެހިގެން ކަމަށެވެ.

އެ ބޯޓުތަކުން އެމްއެންޑީއެފުގެ އެހީތެރިކަމަށް އެދުމުން ވަނީ ހަމަޖެހިފައިވާ އުސޫލާ އެއް ގޮތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދީފަ އެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓުތަކަށް އެހީތެރިވަމުން ދަނީ ކޯސްޓުގާޑުން ކަމަށެވެ. މި ދުވަސްވަރު ރާއްޖެ އަށް ވަރަށް މޫހުން ގޯހެވެ. އެގޮތުން ކަނޑުތައް ގަދަވާނެ ކަމުގެ އިންޒާރު މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވެސް ވަނީ ދީފަ އެވެ.
ހިޔާލު