Minister Ameen Majileehah Haaziruvumah Notice fonuvaifi
image
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން-- ފޮޓޯ؛ ވީނިއުސް
0 ކޮމެންޓް
 

މިނިސްޓަރު އަމީން މަޖިލީހަށް ހާޒިރުވުމަށް ނޯޓިސް ފޮނުވައިފި

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާން ނޯޓިސް ފޮނުވައިފިއެވެ.
މަޖިލީހަށް ހާޒިރުވުމަށް މިއަދު އެމަނިކުފާނަށް ނޯޓިސް ފޮނުވާފައިވާއިރު އެމަނިކުފާނު މަޖިލީހަށް ހާޒިރުކުރަނީ ރ. މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، އެމަނިކުފާނު މަޖިލީހަށް ހާޒިރުކުރައްވާ ސުވާލުކުރައްވަން ބޭނުންވެގެން ހުށަހަޅާފައިވާތީއެވެ.

މިމަހުގެ 17 ގައި އެކަމަށް އެދި މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވިއިރު ވަޒީރާއި ސުވާލު ކުރެއްވުމަށް މެމްބަރު ޝަރީފް ހުށަހެޅުއްވީ ރ. މީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތާއި ގުޅޭ ގޮތުން ސުވާލުކުރެއްވުމަށެވެ.

ޝަރީފްގެ މަޖިލީހުގައި ތަމްސީލު ކުރައްވާ ދާއިރާގައި ހިމެނޭ މީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމާއި ގުޅިގެން އޭނާ ވަނީ ތިން ސުވާލެއް މިނިސްޓަރާ ކުރުމަށް ހުށަހަޅާފައެވެ. އެއީ އެމަސައްކަތް ގޮސްފައިވާ މިންވަރާއި އެކަމަށް ބޭނުންވާ ފައިސާ މިއަހަރު ހަމަޖެހިފައިވޭތޯ އަދި ހޮސްޕިޓަލަކަށް ބަދަލުކޮށް ހިދްމަތް ދޭން ފެށޭނީ ކޮން އަހަރަކުތޯ އެއްސެވުމެވެ.

ހިޔާލު