Dewatering Massallaigai ehmme fahun muizzu ge faadu kiyun Sarukaarah
image
މާލޭގެ މަގެއްގައި ޑޯ ވޯޓަރިން ހޮޅިތަކެއް އަޅާފައި -- ފޮޓޯ / އަވަސް
1 ކޮމެންޓް
 

ޑީ ވޯޓަރިން މައްސަލާގައި އެންމެ ފަހުން މުއިއްޒުގެ ފާޑުކިޔުން ސަރުކާރަށް

ކަމެއް ކުރުމުގައި ހުރި ދަތިތައް އެނގޭނީ އެކަމަކާއި ހަވާލުވުމުން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތަށް މަގުމަތީގައި އަޅާ ޑި ވޯޓާ ހޮޅި ހޮޅިތަކުގެ މައްސަލައާ ގުޅޭ ގޮތުން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެންނަމުންދަނީ ޑީ ވޯޓަރިންގ މައްސަލައަށް ހައްލެއް ނުލިބި އިތުރަށް މައްސަލަ ގޯސްވަމުންދާތަން ކަމަށެވެ. ޑީވޯޓަރިންއަށް އެކަށީގެންވާ ހައްލެއް ލިބޭނީ ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް އެކައްޗެއް ކިޔައިގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޑީ ވޯޓަރިން މައްސަލައަކީ އަދުގެ ސަރުކާރުން އިދިކޮޅުގައި އޮތް އިރު ކުރީގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުންތައް އަމާޒުކުރަމުން ދިޔަ އެއް ކަންތަކެވެ. ނަމަވެސް މި ކަމަކަށް އަދި މި ސަރުކާރަކަށްވެސް ހައްލެއް ގެނެސްދެވިފައެއްނުވެއެވެ.

"ކަމަކާއި ހަވާލުވުމުން އެކަމުގައި ހުރި ޗެލެންޖުތައް އެނގޭނީ. އޮޕީނިއަން މޭކް ކުރުމަކީ ފަސޭހަ ކަމެއް،" މުއިއްޒު ވިދާޅުވިއެވެ.

ޑީ ވޯޓަރިން ނިޒާމަކީ ކޮންސްޓްރަކްޝަން ސައިޓުތަކުން ފެން ހިންދުމަށް ބޭނުން ކުރާ ނިޒާމެކެވެ. މާލޭގައި މިހާރު ޑީވޯޓަރިން ކުރަނީ މަގުތައް މަތިން ހޮޅިއަޅައިގެންނެވެ.

މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ދާދިފަހުން ވަނީ މާލޭގެ މަގުތައް ހަދަންލިބޭ އެންމެ ފުރަތަމަ ފުރުޞަތުގައިވެސް މި ހޮޅިތަކުގެ މައްސަލައަށް ހައްލެއް ގެނެއުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ހިޔާލު

ރޯނޭ

މުއިއްޒު ގެ ބެލުމުގެ ދަށުން މަޖީދީމަގާ ރިންގުރޯޑު އެއްކޮށް އަލުން ހެދި އިރު ޑީވޯޓަރިންގް އަށް ޕުރޮވިށަން ނުދީ ހެދީ ކީއްވެތަ!؟