Mifaharu bodu eid foari enmme gadhavaanee kon rashehga?
image
ރަށެއްގައި އީދު ކުޅިވަރު ކުޅެނީ--
ފައުޒާ މުހައްމަދު
3 ކޮމެންޓް
 

މިފަހަރު ބޮޑު އީދު ފޯރި އެންމެ ގަދަވާނީ ކޮން ރަށެއްގައި؟

މިއަހަރުގެ އަޟްހާ އީދު ދުވަހަކީ އަންނަ މަހުގެ 11 ވަނަ ދުވަހެވެ. އެހަފްތާއެއްކޮށް ސަރުކާރު ބަންދުކޮށްފައި ވާއިރު ގިނަ ބަޔަކު މިހާރު ވަނީ ދާނެ ރަށަކާއި މެދު ވިސްނާފަ އެވެ. ނަމަވެސް އެންމެންގެ މެދުގައި އޮންނަ ބަހުސް އަކީ އީދު ފޯރި އެންމެ ގަދަ ވާނެ ރަށަކާ މެދު ކުރެވޭ ބަހުސް އެވެ.
"މިފަހަރު ހަމަ އެންމެ ފޯރި ގަދަވާނީ ހޯރަފުށީގައި، ވަރަށް ބައިވަރު ކުޅިވަރުތައް އޮންނާނެ، އީދު ޝޯތައް ވެސް އޮންނާނެ،" ސީއެންއެމް އާ ވާހަކަ ދައްކަމުން ހޯރަފުށީ ކުއްޖަކު ބުންޏެވެ.

ރ. ހުޅުދުއްފާރުން ވާހަކަ ދެއްކި ކުއްޖަކު ބުނީ އެރަށުގައި ވެސް އީދު ކުޅިވަރު ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ކަމަށެވެ. އެގޮތުން ސަގާފީ އެތައް ކުޅިވަރުތައް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ކަމަށާއި ރޭގަނޑު ޝޯތައް ވެސް ބާއްވާ ކަމަށް އޭނާ ބުންޏެވެ.

ބޮޑު އީދު ފުވައްމުލަކު ސިޓީ ގައި ވެސް ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ފުވައްމުލަކަށް އީދު ޝޯ ދިނުމަށް އިންޑިއާގެ މަޝްހޫރު ފަންނާނުން ކަމަށްވާ އަދިތުޔާ ނަރާޔަން އަދި ޕްރިޔަންކް ވަނީ އައުމަށް ހަމަޖެހިފަ އެވެ.

ބައެއް ރަށްރަށުގައި އީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރި ނަމަވެސް ބައެއް ރަށްރަށަކީ ވަރަށް އާދައިގެކޮށް އީދު ފާހަގަ ކުރާ ރަށްރަށެވެ. ށ އަތޮޅު ރަށެއްގެ މީހަކު ސީއެންއެމް އަށް ބުނީ އެރަށަކީ އީދުގައި ކުޅިވަރުތައް އެހާ ބޮޑަށް އޮންނަ ރަށެއް ނޫން ކަމަށެވެ. އެގޮތުން އާދައިގެ ގުރޫޕެއް ޝޯއަށް ގެނެސް ޝޯ ބާއްވާލާ ކަމަށެވެ. އަދި ވަރަށް އާދައިގެ ގޮތަކަށް ކޯޑި ކެނޑުމުގެ ހަރަކާތް ވެސް ބާއްވާ ކަމަށެވެ.

"ވަރަށް ފޫހި އަސްލު ރަށުގަ އީދު، އެއްވެސް ފޯރި އެއް ނޯންނާނެ، ޝޯ ވެސް އޮންނާނީ ނަމަކަށް،" ށ. އަތޮޅު ރަށަކުން ވާހަކަ ދައްކަމުން ބުންޏެވެ.

އީދާ ދިމާކޮށް ބޯޓު ފަހަރަށް އޮންނަ ޑިމާންޑު އާދަޔާ ހިލާފަށް އުފުލިގެން ގޮސްފައިވާއިރު އޭގެ ސަބަބުން އަގުތައް ވެސް ވަނީ މައްޗައް އަރާފަ އެވެ. އަދި ގިނަ ލޯންޗު ފަހަރު އަދި ބޯޓު ފަހަރު އީދު އައުމުގެ މަހެއްހާ ދުވަސް ކުރިން ވަނީ ޓިކެޓު ބުކްކޮށް ޖާގަ ފުރާލާފަ އެވެ.
އީދު
ހިޔާލު

ޑަމްޕްޓީ

ކޮންހާ މުންކަރާތްތަކެއް ރާވާ ހިންގާކަށްތަ! ޢީދަކީ މާތްﷲ ދެއްވި ނިޢުމަތެއްކަން ހަނދާންކޮށް، އެކަލާނގެ އެންގެވި ގޮތަށް ޢީދު ފާހަގަ ކުރެވޭތޯ ބަލައިބަލަ.

ރާއްޖެތެރޭ މީހާ

ތޮއްޑޫ.... ކިކުވާނެ.

އިއްސެ

ނޭކުރެންދޫގަ ފޯރި ކިހިނެއްބާ ވާނީ