2 mas dhuvahuge break akah fahu Aishwarya instagram ah
image
އައިޝްވާރިޔާ---
1 ކޮމެންޓް
 

ދެ މަސް ދުވަހުގެ ބްރޭކަކަށްފަހު އައިޝްވާރިޔާ އެނބުރި އިންސްޓަގުރާމަށް

ދެ މަސް ދުވަހުގެ ބްރޭކެއް ނެގުމަށްފަހު ބޮލީވުޑުގެ މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއި ބައްޗަން އެނބުރި އިންސްޓަގުރާމު ބޭނުން ކުރަން ފަށައިފިއެވެ.
އައިޝްވާރިޔާ އިންސްޓަގުރާމު ބޭނުން ކުރަންފެށީ މިދިޔަ އަހަރު މެއި މަހުގެ ތެރޭގައެވެ. އިންސްޓަގުރާމުން ބްރޭކް ނަގާފައިވަނީ މިއަހަރުގެ މެއި މަހު އެވެ. އެގޮތުން އޭނާ އޭރު އެންމެ ފަހުން ޕޯސްޓެއް ކޮށްފައިވަނީ މެއި 23 ގައެވެ.

ދެމަހުގެ ބްރޭކަކަށްފަހު އައިޝްވާރިޔާ އިއްޔެ އިންސްޓަގުރާމަށް ފޮޓޯއެއް ޕޯސްޓުކޮށްފައިވާއިރު އޭނާ ޕޯސްޓުކޮްފައިވަނީ އޭނާގެ ފިރިމީހާ އަދި އެކްޓަރު އަބީޝޭކް ބައްޗަންގެ ފޮޓޯއެކެވެ.


އައިސްވާރިޔާ އިންސްޓަގުރާމުން ދެމަސް ދުވަހުގެ ޗުއްޓީއެއް ނެގީ ކޮން ސަބަބަކާ ހުރެ ކަމެއް އޭނާ އަދި ހާމަކޮށްފައެއް ނުވެއެވެ.

އުމުރުން 45 އަހަރުގެ އައިޝްވާރިޔާ އެންމެ ފަހުން މަސައްކަތް ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ނެރުނު ފިލްމު "ފަންނޭ ހާން" ގައެވެ. ރާޖްކުމާރް ރާއޯއާއެކު އައިޝްވާރިޔާ ފެނިގެންދިޔަ އެ ފިލްމަށް މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.
ހިޔާލު

ސަޒީމް

ދެން އަހަރެމެންނައްކީއް؟ މިމީހުން ފޮޑިއެއްޖެހިޔަސް ޙަބަރުގަ ލިޔަން ޖެހޭތަ. ލިޔާނެ އެއްޗެއް ނޭންގެންޏާ މަހައްދޭބަ