Career gai enme bodu eheetheriyakee anbimeehaa: Akshay kumar
image
އަކްޝޭ އާއި އޭނާގެ އަންހެނުން--
0 ކޮމެންޓް
 

ކެރިއަރުގައި އެންމެ ބޮޑު އެހީތެރިޔަކީ އަނބިމީހާ: އަކްޝޭ

ބޮލީވުޑުގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރުގެ ފިލްމީ ކެރިއަރުގައި އެންމެ ބޮޑު އެއް އެހީތެރިޔަކީ އޭނާގެ އަނބިމީހާ ޓްވިންކަލް ކަންނާ ކަމަށް އަކްޝޭ ބުނެފިއެވެ.
އަކްޝޭ އާއި ޓްވިންކަލްގެ ކައިވެންޏަށް މިހާރު 18 އަހަރުވެފައިވާއިރު އެ ލޯތްބަކަށް އަދި ވެސް ބަދަލެއް ނާދެއެވެ. ދެމީހުންގެ ބިޒީ ޝެޑިއުލުން އެކަކު އަނެކަކާއެކު ވަގުތު ހޭދަކުރަން ވަގުތު ވެސް ހުސް ކުރެއެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަކްޝޭ ބުނީ، ފިލްމެއްގައި މަސައްކަތް ކުރުމުގެ ކުރިން އެ ފިލްމެއްގެ ސްކްރިޕްޓާ ގުޅިގެން އަނބިމީހާއާއެކު މަޝްވަރާ ކުރާ ކަމަށެވެ. އަދި ފިލްމަށް އާ ބަސް ބުނަނީ އޭނާ ވެސް ހިތްހަމަޖެހޭނަމަ ކަމަށް އޭނާ ބުންޏެވެ.

ޓްވިންކަލް އާއި އަކްޝޭގެ ކައިވެންޏަށް ވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ލިބިފައެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަކްޝޭއަކީ މިވަގުތު ބޮލީވުޑުގައި ހުރި އެންމެ އަހުލާގު ރަނގަޅު އެކްޓަރެވެ. އެންމެ ފަހުން އަނުރާގް ސިންގެ ކެސާރީން ފެނިގެންދިޔަ އަކްޝޭގެ މިއަހަރު ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އެއީ މިޝަން މަންގަލް އާއި ހައުސްފުލް 4 އަދި ސޫރްޔަވަންޝީ ގެ އިތުރުން ގުޑް ނިއުސްއެވެ.
ހިޔާލު