India inn handhah dhaan kuraa masakkathah dhivehi sarukaaruge maruhabaa
image
ޖައްވީ އުޅަނދު ޗަންދްރަޔާން ދޭއް އުދުއްސާލަނީ-- ފޮޓޯ: އަލް ޖަޒީރާ
ސާޔާ އަހްމަދު
2 ކޮމެންޓް
 

އިންޑިއާގެ ޖައްވީ އުޅަނދު ކާމިޔާބު ކަމާއެކު ހަނދަށް އުދުއްސާލުމުން ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި

ހަނދުގެ ދިރާސާތައް ހެދުމަށް އިންޑިއާއިން ކާމިޔާބުކަމާއިއެކު ޖައްވީ އުޅަނދު ޗަންދްރަޔާން ދޭއް އުދުއްސާލުމާއި ގުޅިގެން އިންޑިއާ ސަރުކާރަށާއި އެޤައުމުގެ ރައްޔިތުންނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އުޅަނދު އުދުއްސާލުމުގެ ފަހަތުގައި ތިބި އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަންގެ ސައިންސްވެރިންގެ މަސައްކަތް ވެގެންދާނީ މިފަދަ ދިރާސާތަކަށް ލިބުނު އިތުުރު ކުރިއެރުމަކަށް ކަމަށެވެ.

އިންޑިއާއިން ޖައްވީ ހޯދުންތަކުގައި ހޯދަމުންދާ ކާމިޔާބީތަކަކީ ޖައްވީ ދިރާސާތައް އިތުުރަށް ފުޅާކޮށް، ތަރައްޤީކުރުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން އިންޑިއާގެ މި ކާމިޔާބީގެ ސަބަބުން ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރު ވެގެން ދާނެ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ އިންޑިއާގެ ސައިންސްވެރިންނާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަށް މަރުހަބާ ދަންނަވާފަ އެވެ. އިންޑިއާ އިން މަސައްކަތް ކުރަމުން ދަނީ ހަނދަށް ދިޔަ ހަތަރު ވަނަ ގައުމުގެ ޝަރަފު ހޯދާށެވެ. މީގެ ކުރިން ހަނދަށް ދެވިފައިވާ ގައުމުތަކަކީ އެމެރިކާ، ރަޝިއާ އަދި ޗައިނާ އެވެ.
ހިޔާލު

މަރީ

މާރަނގަޅުވާނެ، ގައުމުގައި ފާހަނާ ނިޒާމެއް ހެދިއްޔާ. ބޭކާރު ހަރަދު

ަޒީލް

ނަސީދޫ.. ހިނގާ މިފަހަރު އިންޑިޔާ މީހުންނާއެކު ދިވެއްސެއްވެސް ހަނދައް ފޮނުވާލަމާ..