Dollar fohteh kamah heekoh hus fohtteh feyrigenfi
image
ޑޮލަރުތަކެއް
ސީއެންއެމް
0 ކޮމެންޓް
 

ޑޮލަރު ފޮއްޓެއްކަމަށް ހީކޮށް ހުސް ފޮއްޓެއް ފޭރިގެންފި

ޑޮލަރު ފޮއްޓެއްކަމަށް ހީކޮށް މާލޭ ފިހާރައަކުން ހުސް ފޮއްޓެއް ފޭރިގެންފި އެވެ.
ފުލުހުން މިރޭ ބުނީ ޗާންދަނީ މަގު ފިހާރައަކުން 20 ހާހާއި 30 ހާސް ޑޮލަރާއި ދެމެދުގެ އަދަދަކަށް ޑޮލަރު ހުރި ފޮއްޓެއް ފޭރިގެންފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކުރި ކަމުގައެވެ.

ނަމަވެސް ރޭ ހިންގި ފޭރުމުގެ ހާދިސާ އިތުރަށް ތަހުގީގު ކުރުމުން ފޭރުނު މީހުން ގެންގޮސްފައިވަނީ ޑޮލަރުހުރި ފޮށީގެ ބަދަލުގައި އެތާންގައިހުރި ހުސް ފޮއްޓެއްކަން އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ގަދަކަމުން ފިހާރައަށް ވަދެ ފޭރެން އުޅުމުގެ ތެރޭގައި ރޭ މާރާމާރީއެއްވެސް ހިނގާފައިވާ ކަމުގައެވެ.

ފުލުހުން އަންނީ މިމައްސަލަ އިތުރަށް ބަލަމުންނެވެ.
ފޭރުން ފުލުހުން
ހިޔާލު