Dhoanyeh dhiya vaathee eyga thibi meehun Male genesfi
image
އެމްއެންޑީއެފުން ދޯނީގައި ތިބި މީހުން މާލެ ގެނައުމަށް އެހީތެރިވަނީ-- ފޮޓޯ: އެމްއެންޑިއެފް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ދޯންޏެއް ދިޔަވާތީ އޭގައި ތިބި މީހުން މާލެ ގެނެސްފި

ސޯޅަ މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ދޯންނެއް ދިޔަވާތީ ދޯނީގައި ތިބި މީހުން މާލެ ގެނައުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެމްއެންޑީއެފުން ބުނީ 16 މީހުންނާއެކު ޅ. ކުރެންދޫ އިން ފުރައިގެން މާލެ ދަތުރުކުރި "ފޭރުމާ" ނަމަކަށް ކިޔާ 99 ފޫޓުގެ ދޯންޏެއް ދިޔަވާތީ، އޭގައި ތިބި ނުވަ މީހަކު އެމްއެންޑީއެފް މާލެ ސަރަހައްދުގެ ކޯސްޓުގާޑު ސްކޮޑްރަން އިން ލޯންޗު ގައި މާލެ ގެނެސްފައިވާ ކަމަށެވެ.

އެމީހުން މާލެ ގެނެސްފައި ވަނީ ރޭ ދަންވަރު 03:45 ހާއިރު އެވެ. ސީއެންއެމް އަށް މައުލޫމާތު ދެމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އިބްރާހިމް އާޒިމް ވިދާޅުވީ ދޯނި ދިޔަވާން ފެށުމުން ދިޔަ ކޮންޓުރޯލު ކުރުމަށްޓަކައި މަސައްކަތް ކޮށްފައިވާ ކަމަށާއި އަދި މިހާރު ދިޔަގަނޑު ކޮންޓުރޯލުވެފައިވާ ކުރެވިފައިވާ ކަމަށެވެ.

ހިޔާލު