Rihanna aa vahtharu kuda kujjaku feni eynaa ves hairaan vehje
image
ރިއާނާ އާއި އޭނާ ވައްތަރު ޖަހާ ކަމަށް ބުނާ ކުއްޖާ--
0 ކޮމެންޓް
 

ރިއާނާ އާ ވައްތަރު ކުޑަ ކުއްޖަކު ފެނި އޭނާ ވެސް ހައިރާންވެއްޖެ

ކުޑަ އަންހެން ކުއްޖެއްގެ ފޮޓޯއެއް، މަޝްހޫރު ލަވަކިޔުންތެރިޔާ، ރިއާނާ އޭނާގެ އިންސްޓަގްރާމާއި ޓްވީޓާއަށް ހިއްސާކުރީ އިއްޔެގެ ރޭގެ ވަގުތެއްގައެވެ. ފޮޓޯ ހިއްސާކޮށް ކެޕްޝަނުގައި ވަނީ، "އޯލްމޮސްޓް ޑްރޮޕް މައި ޕޯން، ހައު" އެވެ.
އުމުރުން އެންމެ ހަތް އަހަރުގެ އެކުއްޖާ ފެނި ރިއާނާއަށް ބޮޑު ހައިރާން ކަމެއް ލިބުނުއިރު ސަޕޯޓަރުންނަށް އެކަން ގަބޫލުކުރަން މިވަނީ ދަތިވެފައެވެ. ބައެއް މީހުން ބުނާ ގޮތުން އެފޮޓޯއަކީ ރިއާނާ، ކުޑައިރުގެ ފޮޓޯއެކެވެ. އަނެއް ބަޔަކު ވަނީ އެއީ އޭނާގެ ދަރިއެއް ކަމަށް ވެސް ބުނެފައެވެ.

ފޮޓޯއާއެކު ސަޕޯޓަރުން އެމީހުންގެ ހިޔާލުތައް ފާޅުކުރަމުންދިޔައެވެ. އުމުރުން 31 އަހަރުގެ ރިއާނާ ވަނީ އުމުރުން އެންމެ ހަތް އަހަރުގެ އެކުއްޖާގެ މަންމަ ވެސް ޓެގްކޮށްފައެވެ.

އެކުއްޖާގެ މަންމަ އިންސްޓަގްރާމު އެކައުންޓުގައި ވެސް ވަނީ ކުއްޖާއާއެކު ނަގާފައިވާ ގިނަ ފޮޓޯތައް ހިއްސާކޮށްފައެވެ. ކުއްޖާގެ ފޮޓޯ ރިއާނާ ހިއްސާކުރިއިރު އެކުޑަ ކުޑަ އަންހެން ކުއްޖާގެ އިންސްޓަގްރާމު އެކައުންޓް ފޮލޯ ކުރާ މީހުންގެ އަދަދު މިވަނީ 12000 އަށް ވުރެ މައްޗަށް އަރާފައެވެ.
View this post on Instagram

almost drop my phone. how?

A post shared by badgalriri (@badgalriri) onމީގެކުރިން އިންޑިއާގެ ޗަސްތިސްގަރަށް އުފަން ރެނީ ކުޖޫރަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ އޭނާ ރިއާނާއާ ވައްތަރުވެގެންނެވެ. އެގޮތުން މޮޑެލިންގެ ދާއިރާއިން ކުރިއަށް އަންނަ އޭނާއަށް ފަހުން ވަނީ ގިނަ ފުރުސަތުތަކެއް ލިބިފައެވެ.

ލަވަކިޔުމުގެ ދާއިރާގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ރިއާނާގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި، "ޑައިމަންޑްސް" އާއި "ވީ ފައުންޑް ލަވް" އަދި "ސްޓޭ" ފަދަ ގިނަ ލަވަތަކެއް ހިމެނެއެވެ.
ހިޔާލު