Badminton in raajje ah furathama faharah ran medal eh
image
މިއަދުގެ މެޗްގައި ނަބީހާ ކުޅެނީ
ސީއެންއެމް
0 ކޮމެންޓް
 

ބެޑްމިންޓަނުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ރަން މެޑަލެއް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން ވިމެންސް ސިންގަލްސް ރާއްޖޭގެއައިމިނަތު ނަބީހާ އަބްދުއްރައްޒާގް ކާމިޔާބުކޮށް ރާއްޖޭގެ ރަން މެޑަލެއް ހޯދައިފި އެވެ.
މިއީ ރާއްޖޭގެ ތާރީހުގައިވެސް ބެޑްމިންޓަނުން ރާއްޖެއަށް މިފަދަ މަގާމެއް ލިބުނު ފުރަތަމަ ފަހަރެވެ. ނަބީޔާ ބެޑްމިންޓަރުން ރަން މެޑެލް ހޯދީ ސީޝެލްސްގެ ކެމިލީ އަލިސެން ސީދާ ދެ ސެޓުން ބަލިކޮށްގެން ނެވެ.

މީގެ ކުރިން 1979 ގައި އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސްގައި، ރާއްޖެއަށްވަނީ ބެޑްމިންޓަނުން ލޯ މެޑެލެއް ލިބިފައެވެ.

ވިމެންސް ސިންގަލްސް ނަބީހާ ކާމިޔާބުކުރިއިރު، ވިމެންސް ޑަބަލްސްގެ ފައިނަލްވެސް މިއަދު އޮންނާނެއެވެ.

ރާއްޖޭގެ ވިމެންސް ޑަބަލްސްގެ ގޮތުގައި ނިކުންނާނީ ނަބީހާއާއި އޭނާގެ އެއްބަނޑުއެއްބަފާ ކޮއްކޮ ފާތިމަތު ނަބާހާ އަބްދުއްރައްޒާގެވެ.
ހިޔާލު