Mi faharu ves Sarukaaru jeheynee Taxi Driver in ge kurimathee kuda kakoo jahan?
image
ބުރިޖުމަތީން ޓެކްސީ އާއި ސައިކަލު ދަތުރުކުރަނީ-- ފޮޓޯ: ސަން
މާއިދާ މުހައްމަދު ރަޝާދު
7 ކޮމެންޓް
 

މިފަހަރު ވެސް ސަރުކާރު ޖެހެނީ ޓެކްސީ ޑްރައިވަރުންގެ ކުރިމަތީ ކުޑަކަކޫ ޖަހަން؟

ޓެކްސީ ޑްރައިވަރުންގެ ނުފޫޒާއި ބާރުގެ ވާހަކައަކީ އިއްޔެއަކު މިއަދު އާންމުން ދައްކަމުން އަންނަ ވާހަކައެއް ނޫނެއެވެ. ޓެކްސީއަކަށް އެެރިޔަސް އެމީހުން ހިތްހަމަ ނުޖެހޭ ކަމެއް ކުރެވިއްޖެނަމަ އެމީހަކު ދަތުރުގެ މެދު ތެރެއިން ބާލަން ވެސް އެމީހުން ފަހަކު ނުޖެހޭނެއެވެ. ދަތުރެއް ނަގާނީ ވެސް އެމީހުން ހިތްހަމަޖެހޭ މަންޒިލަކަށް ދާނަމަ އެވެ. ނަގާ ފީ ވެސް ހަމަ އެގޮތެވެ. އެއްވެސް ހަމައެއް ލަމައެއް ނެތެވެ. އެކަމެއް ބޮޑުވީ ހުޅުލެއާ މާލެ ގުޅުވާލާ ބްރިޖާއެކު އެވެ. އަގު ހެޔޮކޮށް މީހަކު ދަތުރު ކުރާނަމަ އެކަމުގެ ޝަކުވާތައް ކުރަން ފެށީ އެހިސާބުންނެވެ. އެއާއެކު ޓެކްސީ ތަކަށް ގެއްލުންވާ ކަމުގެ ޝަކުވާތައް ވެސް އިވެން ފެށިއެވެ. މިއީ ރާއްޖޭގައި އެންމެ ނުފޫޒުގަދަ ޓެކްސީ ވިޔަފާރި ކުރާ މީހުންގެ ވާހަކަ އެވެ.
އެންމެ ފުރަތަމަ ބްރިޖުން ހިތުހުރި އަގަކަށް ޓެކްސީތައް ދަތުރުކުރަމުން ފެށުމުގެ ނަތީޖާއަކީ ބްރިޖުން ދަތުރުކުރާ ޓެކްސީތަކުން ނަގާނެ ފީއެއް ކަނޑައެޅުމެވެ. އެގޮތުން އޭރު ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅީ މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކޮޅަކަށް 40 ރުފިޔާ އެވެ. އަދި މާލެ އާއި ހުޅުމާލެއިން ވެސް ހުޅުލެއަށް ދަތުރުކުރާނަމަ 35 ރުފިޔާއެވެ. މާލެ އަދި ހުޅުމާލޭގެ އެތެރޭގައި މިހާރު ވެސް ނަގަމުން އަންނަ ގޮތަށް 25 ރުފިޔާ ނެގުމަށް މިނިސްޓްރީން ކަނޑައެޅިއިރު ޑިކީއަށް އެއްޗެއް ލާނަމަ އަދި ރޭގަނޑު 12ގެ ފަހުން ދަތުރު ކުރާ ނަމަ އިތުރަށް ފަސް ރުފިޔާ ނެގިދާނެ ކަމަށް ވެސް ކަނޑައެޅި އެވެ.

އެކަމަކު އެ ގެނައި ބަދަލަކީ އެއްގޮތަކަށް ވެސް ޓެކްސީ ޑްރައިވަރުން ހިތްހަމަޖެހޭ ފަދަ ބަދަލެއް ނޫނެވެ. އެހެންވެ، މަސައްކަތް ހުއްޓާލާ އެމީހުން ނިކުތީ ހަޅުތާލަށެވެ. ބްރިޖު ހުރަސްކޮށް ކުރަމުން އައި ދަތުރުތައް ހުއްޓާލާ ޓެކްސީތައް ޕާކަށް ޖެހިއެވެ. ކުޑަ އަގެއްގައި ދަތުރު ނުކުރެވޭނެ ކަމަށް ބުނެ އެމީހުން މަސައްކަތް ހުއްޓާލިއިރު ބައެއް ޓެކްސީ ޑްރައިވަރުން ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ބައްދަލުކުރައްވާ މަޝްވަރާތަކެއް ވެސް ކޮށްފައެވެ.

ކޮންމެއަކަސް، މިނިސްޓަރު އިސްކުރެއްވީ އެމީހުންގެ ޝަކުވާތަކަށް ހައްލު ހޯދުމެވެ. އަލުން އަނބުރާ އެމީހުން މަސައްކަތަށް ނެރުމެވެ. އެއާއެކު އަގުތައް މުރާޖާ ކުރުމަށް ނިންމަވާ މިނިސްޓަރު، ޑްރައިވަރުން ގެއަށް ފޮނުވާލީ އެމީހުން ބޭނުންވި ގޮތަށް ކަންތައް ކޮށްދެއްވާނެ ކަމުގެ އުފާވެރި ހަބަރާއެކު އެވެ. ބޮޑު މޮޅަކާއެކު ޓެކްސީ ޑްރައިވަރުން އަލުން ހިދުމަތް ދޭން ފެށިއެވެ.

އަނެއްކާ ވެސް ޓެކްސީ ޑްރައިވަރުންގެ ވާހަކަތައް ދައްކަން މަޖުބޫރުމިވީ އަގުތައް މުރާޖާކޮށް މިދިޔަ ހަފުތާގެ ތެރޭގައި އެ އަގުތައް ނެރުމާއެކު ވެސް އެއްކަލަ ޓެކްސީ ޑްރައިވަރުން ނުރުހުން އިވެން ފަށާފައިވާތީ އެވެ. ޑްރައިވަރުންގެ ޖަމިއްޔާގެ ވަގުތީ ރައީސް އަބްދުﷲ އިބްރާހީމް، ބައެއް ނޫސްތަކަށް ވަނީ އަގު ނެގުމުގެ އާ އުސޫލަށް އަމަލުކުރުން ހުއްޓުވައިދޭން އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

އަލުން އާންމު ކުރި އަގުތައް:

މާލެ ސަރަހައްދުތަކުގެ ޓެކްސީ އަގުތަކުގެ ގޮތުގައި އަލަށް ކަނޑައެޅި ރޭޓްތައް:

- މާލެ އަދި ހުޅުމާލެ އެތެރޭގެ ދަތުރުތަކަށް 25 ރުފިޔާ.
- މާލެ - ހުޅުލެ ދަތުރުތަކަށް 60 ރުފިޔާ
- ހުޅުލެ - މާލެ ދަތުރުގެ އަގު 60 ރުފިޔާ
- ހުޅުމާލެ - ހުޅުލެ ދަތުރުގެ އަގު 60 ރުފިޔާ
- ހުޅުލެ - ހުޅުމާލެ ދަތުރުގެ އަގު 60 ރުފިޔާ
- މާލެ - ހުޅުމާލެ ދަތުރުގެ އަގު 75 ރުފިޔާ
- ހުޅުމާލެ - މާލެ ދަތުރުގެ އަގު 75 ރުފިޔާ

މިހާރު ބްރިޖް ހުރަސްކޮށް ކުރާ ޓެކްސީ ދަތުރުތަކަށް އެންމެ ކުޑަ އަގެއްގެ ގޮތުގައި ޑްރައިވަރުން ނަގަނީ 100ރ. އެވެ. އެހެންވެ، އެއް ދަތުރުން ބޮޑު މަންފާއެއް ހޯދުމަށް ގިނަ ފަހަރަށް ޓެކްސީ ޑްރައިވަރުން ނަގަނީ ބްރިޖު ހުރަސްކޮށް ކުރާ ދަތުރުތައް އެކަންޏެވެ. މާލެ ތެރެއަށް ދަތުރެއް ލިބުނަސް އެ ދަތުރެއް ނަގަން އެމީހުން އާންމުކޮށް ފަސް ޖެހެނީ ވެސް އެހެންވެ އެވެ.

"ވަރަށް ފާޑެއްގެ ބައެއް މި ޓެކްސީ ޑްރައިވަރުންނަކީ. އަބަދުވެސް ލާރިޔައިގެން އުޅެނީ. ހުޅުމާލެއަށް ނޫނީ ހުޅުލެއަށް ނޫނީ ދަތުރެއް ކުރެވެނީ ކަމަކަށް ނުވޭ. އަދި ވާހަކަ ދެއްކުން ވެސް މިހުންނަނީ ވަރަށް އެހެން ފާޑަކަށް. އަބަދުވެސް ހީވާނީ ރުޅިއަސްފަ ތިބޭހެން،" ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުމާއި ގުޅިގެން އާންމުންގެ މީހަކު ބުންޏެވެ.

ޓެކްސީ ޑްރައިވަރުންނާއި ގުޅިގެން އާންމުންގެ ޝަކުވާތައް އިންތިހާއަށް އެބަހުއްޓެވެ. އެކަމަކު އެވާހަކަތައް އަޑުއަހާނީ ވަކި ކާކު ހެއްޔެވެ؟ ރައްޔިތުންނާއި މެދު ހިތުހުރި ގޮތަކަށް އެމީހުން އަމަލުކުރަމުން އަންނައިރު އެކަމަށް ފިޔަވަޅެއް އެޅޭނެ އިދާރާއެއް ނެތެވެ.

ޓެކްސީ ޑްރައިވަރުން ހަމަ ބިމަށް ތިރިކުރެވެން އޮތީ މާލެ ތެރެއަށް ވެސް ޕަބްލިކް ޓްރާންސްޕޯޓު ފަދަ ނިޒާމެއް ގާއިމުކުރެވި ގެންނެވެ. އޭރުން އާންމުންނަށް އިތުރު އިހުތިޔާރުތަކެއް ލިބިގެންދާނެ އެވެ. އަދި އެއީ ޓެކްސީ ޑްރައިވަރުންގެ މެދުގައި ވާދަވެރިކަން ވެސް އިތުރުކުރެވޭނެ މަގެކެވެ.

ކިތަންމެ ބޮޑު އުސޫލުތަކެއް ހަދައި ކަރުދާހުގައި ލިޔުންނަމަވެސް ތާރީހުގެ ތެރެއިން ޓެކްސީ ޑްރައިވަރުންގެ އަމަލުތައް ފެންނަ ގޮތުން އުފެދޭ ސުވާލަކީ އެމީހުން އެ އުސޫލުތަކަށް ތަބާވާނެތޯ ކުރެވޭ ސުވާލެވެ.
ހިޔާލު

ޢެޑިޓް

ތި ޓެކްސީ ޑްރައިވަރުން ތީ ބޮޑު-ލާއެއް..! ފޮނިކަން އިންތިހާ، ސައިޒް އޮޅިފަ ތިބެނީ!..

ހަސަން

ފައިމަގުގަ އުޅުނީމަ ކަލޭމެން ނަސަބުން ދެރަވަނީތަ ކޮންމެހެންވެސް ޓެކުސީއަކަށް ތޮރުފެންޖެހޭތަ މީހުންގެ މަސްކާން؟ ކަންނެއްކަމުން ފުޅަ އަޅާފަ ދެއްތޯ؟

ޢާދަމް

އެންމެފުރަތަމަ ހަމަބިމަށް ތިރިކުރަންވީ މީހުންގެ އަބުރު ކަތިލަމުން އަންނަ ލިޔުންތެރިންނެވެ.

ނަޖްވާ

ސަރުކާރުން މިހާރު ހަދަން ވީ އެއްޗަކީ، ރަނގަޅު ބޮޑު ކުންފުންޏަކާ ރަނގަޅު އިންސެންޓިވްސް ދީފަ، ޓެކްސީ ކުރުމުގެ ހުއްދަ ދޭންވީ! އޭރުން ތި ޓެކްސީ ޑްރައިވަރުންނަށް ހުންނާނީ ރާކަނި މަސް ކެވިފަ! އެހެންޏާ ފަހެ، ވިއްސާރު ދުވަހެއްވިއްޔާ ކާރެއް ނެރެނީކީ ނޫން، އެންމެން އެއްބަސް ކިޔާފަ އެއްފަހަރާ ފައިބަައިގެން ގޮސް ސަޔަށް އަރާފަ! މީ ދެން ކިހާ ދެރަ ކަމެއް! މީ އާއްމު ރައްޔިތުންުނަށް ޚިދްމަތް ދޭން ތައްޔާރު ކޮށްފައިވާ ނިޒާމެއްނު! އެކަމަށް ބުރޫ އަރައިގެން ވާނެ ކަމަކަށް ނުދެކެން!

ސޭޓު

ޓެކްސީ 100ރ އޯކޭ. އަސްލު އާންމު ރައްޔިތުންގެ އެންމެބޮޑު ސަކުވާއަކީ އެޕާޓުމަންޓް ތަކާ ކޮޓަރިތަކުގެ ކުލި.

ސައިޒު

ޓެކްސީ ކުރަން އެމީހުންނަކަށް މަޖުބޫރެއް ނޫން. އަވަހަށް ކާރުން ފައިބާފަ އެހެން ވަޒީފާއަކަށްދާން ނަސޭހަތްތެރިވާން.. އެތަނެއްގަ އޮންނަ ގަވާއިދަށް ހުރުމަތްތެރިވާން ވާނެ. ނަހުލާ. އެމީހުން އަގުބޮޑު ކުރަންޏާ ހުއްދަތައް ބާތިލްކޮށްލާ. ވަރަށް ދެކެން ބޭނުން ޑްރައިވަރުން ސައިޒުވާ ދުވަސް..

ދެރަވަރު

ނަހުލާއަށް ހިތްވަރު ދެން. ޑްރައިވަރުން ސައިޒު ކުރަން. މިރޭވެސް އަންހެނަކު އޭނަގެ ދަރިފުޅު ޑޮކްޓަރަށް ދައްކަން ތާޖުއްދީން ސްކޫލް ކުރިމަތީ ސައިކަލު ޕާކުކުރަން އޮންނަތަނުގަ ސައިކަލު ޕާކުކޮށްފަ ދިޔައީ އައި.ޖީ.އެމް.އެޗަށް. ކައިރީގަ ކާރެއް ޕާކު ކޮށްފަ އޮތް. ސައުކަލު ޕާކުކުރާ ސަރަހައްދުގަ. ހޮސްޕިޓަލުން ނިމިގެން ގެއަށް ދާން ދިޔައިރު ސައިކަލު ހުރީ ޒިބްރާ-ކްރޮސްއަށް ހުރަހައްލާފަ. މީހުންނަށް ހުރަސްކުރަން ވެސް އުދަނގޫ ވާގޮތަށް. އެތަނަށް އެއަންހެން މީހާގެ ކުރިން ޓްރެފިކް ފުލުހަކަށް އާދެވުނުނަމަ ސްޓިކާ ޖެހީސް.. އެތާއޮތް ކާރު ނަގަން ވެގެން އެމީހާގެ ސައިކަލު ދުރައްޖައްސާފަ. އަދި އެހެން ދުވަހަކުވެސް ސައިކަލުހުރީ ޕޭމަންޓްއަށް އަރުވާފަ ކަމަށްބުނި. އެތާއިންނަ ވިލިފުލުހުންގެ އެހީތެރިކަމާއިއެކު ސައިކަލު ބޭލުވީކަމަށް ބުނި. މިހާރު ޓެކްސީ ޑްރައިވަރުންގެ ކަންތައް މާމައްޗައް ދަނީ. ސައިޒު ކުރަންވެއްޖެ.. މިފުރުސަތުގަ ގޮވާލަން ނުރަގަޅަށް ޕާކުކޮށްފަ ހުންނަ ކާރެއް، ލޮރީއެއް،ބަހެއް، ސައިކަލެއް ބަލާނެކަމެއްނެތް. ހުރިހާ އެއްޗެއްގަ ސްޓިކާ ޖަހާލާ.. އަހަރުމެން ތިބޭނަން މިކަންތައްތައް ހުއްޓުވަން ހިތްވަރު ދޭން.