Furathama musaara ah libunee 1500 rupees: Kapil
image
ކަޕިލް ޝަރުމާ--
1 ކޮމެންޓް
 

ފުރަތަމަ މުސާރައަށް ލިބުނީ 1500 ރުޕީސް: ކަޕިލް

ފުރަތަމަ މުސާރަ އަކަށް ލިބުނީ 1500 ރުޕީސް ކަމަށް އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރްމާ ބުނެފި އެވެ.
"ދަ ކަޕިލް ޝަރުމާ ޝޯ" ގެ އެޕިސޯޑެއްގައި ވާހަކަ ދައްކަމުން ކަޕިލް ބުނީ އޭނާ ފުރަތަމަ ވަޒީފާއެއްގެ ގޮތުގައި މަސައްކަތް ކުރީ ފޮތީގައި ޕްރިންޓު ޖަހާ ތަނެއްގައި ކަމަށެވެ. އެގޮތުން އެތަނުން އޭނާ އަށް މުސާރައެއްގެ ގޮތުގައި ލިބުނީ 1500 ރުޕީސް ކަމަށް ކަޕިލް ވަނީ ބުނެފަ އެވެ.

ކަޕިލްއަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ކޮމޭޑިއަން އެވެ. ކޮމެޑީ ނަޓްސް ވިތް ކަޕިލްގެ ނަމުގައި ވެސް ޝޯތައް ކުރިއަށް ގެންގޮސްފައިވާ ކަޕިލް ވަނީ ތަފާތު ނަން ނަމުގައި ކޮމެޑީ ޝޯތައް ކުރިއަށް ގެންގޮސްފަ އެވެ.

އޭގެ އިތުރުން އޭނާ ވަނީ ކިސް ކިސްކޯ ޕިޔާރް ކަރޫން އާއި ފިރަންގީ ފިލްމުގައި އެކްޓުކޮށްފަ އެވެ. އަދި މިދިޔަ އެކްޓޯބަރު 12 ގައި ނެރުނު ފިލްމު "ސަން އޮފް މަންޖީތު ސިންގް" ޕްރޮޑިއުސްކޮށްފައި ވަނީ ވެސް ކަޕިލް އެވެ.
ކަޕިލް ޝަރްމާ
ހިޔާލު

މުހައްމަދު

ދެން މިހާރު ލިބެނީ ކިހާވަރެއް؟ އަހަރެން ގެ ބައްޕަ އަށް ކުރިން މާލެ އަށް ދަރު ވިއްކުމަށް ދަރު ކަނޑައިގެން ބަނދެގެން މާލެ ގެނެސް ވިއްކާއިރު ލިބެނީ މަހަކު 200 ރުފިޔާ. މިހާރު ލިބޭ ފިހާރައިގެ ސޭޓަކަށް އިނދެ 12000 ރުފިޔާ. ތަރައްގީ