Kylie ge ufan dhuvahah mulhi ge finifenmalun jareekoffi
image
ކައިލީ އަދި އޭނާގެ ލޯބިވެރިޔާ ޓްރަވިސް--
0 ކޮމެންޓް
 

ކައިލީގެ އުފަން ދުވަހަށް މުޅި ގެ ފިނިފެންމަލުން ޖަރީކޮށްފި

ރިއަލިޓީ ޓީވީ ތަރި ކައިލީ ޖެނާގެ އުފަން ދުވަހަށް އޭނާގެ ލޯބިވެރިޔާ ޓްރަވިސް ސްކޮޓް އޭނާ ކައިލީ ދިރިއުޅޭ ގެ ފިނިފެންމަލުން ޖަރީކޮށްލައިފި އެވެ.
ކައިލީއަށް މިމަހު 10 ގައި 22 އަހަރު ފުރޭއިރު އުފަން ދުވަހުގެ މުނާސަބަތުގައި އޭނާގެ ލޯބިވެރިޔާ ޓްރަވިސް ވަނީ ކައިލީގެ ގެ ރަތް ކުލައިގެ ފިނިފެންމަލުން ޖަރީކޮށްލާފަ އެވެ.

އިންސްޓަގުރާމް މެދުވެރިކޮށް ކައިލީ އޭނާގެ ގޭގެ ވީޑިއޯ އެއް ހިއްސާކޮށްފައި ވާއިރު ގިނަ ބަޔަކު ވަނީ ކައިލީ އަކީ ވަރަށް ނަސީބު ގަދަ މީހެއް ކަމަށް ބުނެފަ އެވެ. އަދި ޓްރަވިސް ކަހަލަ ލޯބިވާ މީހަކު ކައިލީއަށް ލިބުމުން ވަރަށް އުފާވާ ކަމަށް ވެސް އޭނާގެ ބައެއް ސަޕޯޓަރުން ވަނީ ބުނެފަ އެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ވަނީ އެކަމަށް ވަރަށް ފާޑު ކިޔާފަ އެވެ. އެގޮތުން އެ ގެ ސާފު ކުރަނީ ކާކުތޯ ބައެއް މީހުން ވަނީ ބުނެފަ އެވެ. އަދި އެއީ ބޭކާރު ހަރަދެއް ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.

އުމުރުން 21 އަހަރުގެ ކައިލީ އާއި 28 އަހަރުގެ ޓްރަވިސް ލޯބީގެ ގޮތުން 2017 ވަނަ އަހަރު ގުޅިފައި ވާއިރު އެމީހުންގެ އެއް އަހަރުގެ އަންހެން ދަރިއަކު ހުރެ އެވެ.

ބޭރުގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ކައިލީ އާއި ޓްރަވިސް މިހާރު ދަނީ ކައިވެނި ކުރުމަށް ގިނަ ތައްޔާރީތަކެއް ވަމުންނެވެ.
ކައިލީ ޖެނާ
ހިޔާލު