Fahah faisaa rakkaa kureveyne faseyha goiy thakeh!
image
ފާތުމަތު ނަޒުފާ އިރުޝާދު
1 ކޮމެންޓް
 

ފަހަށް ފައިސާ ރައްކާ ކުރެވޭނެ ފަސޭހަ ގޮތްތަކެއް!

ވަޒީފާއގައި އުޅޭ މީހުން އެންމެ އިންތިޒާރު ކުރާނެ ދުވަހަކީ މަހުގެ މުސާރަ ލިބޭނެ ދުވަހެވެ. އިންތިޒާރަށް ނިމުމެއް އަޔަސް، އަތަށް ފައިސާ ލިބުމުން ވާއެއް ނުވާއެއް ނޭނގެ އެވެ. ނޭނގި ހުއްޓާ ލާރިކޮޅު ހުސްވަނީ އެވެ.
މިއަހަރުގެ ފެބަރުއަރީ އިން މާޗް މަހުގެ ނިޔަލަށް އެމެރިކާގެ 1003 މީހުންގެ މެދުގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި 21 އިންސައްތަ މީހުންނަކީ ލިބޭ މުސާރައިން ފައިސާ ފަހަށް ރައްކާ ކުރާ މީހުންނެއް ނޫނެވެ. އޭގެ ތެރެއިން 43 އިންސައްތަ ފައިސާ ރައްކާ ކުރިޔަސް މުސާރައިގެ 10 އިންސައްތަ ވެސް އޭގެ ތެރޭގައި ނުހިމެނެ އެވެ.

ފައިސާ ރައްކާ ކުރުމަކީ އުދަނގޫ ކަމަކަށް ވިޔަސް ފައިނޭންސް ގެ މާހިރުން ބުނާ ގޮތުގައި މިއީ ހީކުރާ ވަރަށް ވުރެ ފަސޭހަ ކަމެކެވެ.

ބަޖެޓެއް ކަނޑައަޅައި އުނި ކުރެވިދާނެ ހަރަދުތައް ބެލުން
މި ކަމަށް ވަގުތު ހޭދަކޮށްގެން ފައިސާ ދާ ގޮތާއި އެއަށް ވުރެ ރަނގަޅަށް ފައިސާ ހަރަދު ކުރެވޭނެ ގޮތެއް ވިސްނާށެވެ. ނޯޓް ފޮތެއްގައި ނަމަވެސް އެ މަހުގެ ހަރަދުތަކަށް ބަލައި ބަޖެޓެއް ކަނޑައަޅާށެވެ. ލިބޭ މުސާރައަށް ބަލައި ކުއްޔަށް ދާ މިންވަރާއި ކާތަކެއްޗަށް ދާ މިންވަރު ފަދަ ހަރަދުތައް ކަނޑާލައި އެމީހަކަށް ވީ ވަރަކުން ގިނައިން ހަރަދުތައް ދާ ދިމާތައް ބަލައި އެ ހަރަދުތައް ކަނޑައަޅާށެވެ.

ކޮންމެ ދުވަހެއްގައި ރައްކާ ކުރާނެ ކުޑަ މިންވަރެއް ކަނޑައެޅުން
ކުޑަ މިންވަރެއް ކަނޑައެޅުމަކީ ބޮޑު އަދަދެއް ރައްކާކުރުމަށްވުރެ މާ ރަނގަޅަށް ކުރެވޭނެ ކަމެކެވެ. "ބަޖެޓްސް މޭޑް އީޒީ" ގެ ވެރިޔާ އަޝްލޭ ޕެޓްރިކް ބުނާ ގޮތުން ކުޑަ އަދަދަކަށް އަމާޒު ކުރުމަކީ ބޮޑު އަދަދެއް ރައްކާކުރަން މަގުފަހި ކޮށްދީ ހަގީގަތުގައި ވެސް ރުފިޔާ ރައްކާ ކުރެވޭނެ ކަމެކެވެ. މިސާލަކަށް ކޮންމެ މަހަކު 1000 ރުފޔާ ރައްކާ ކުރަން ބޭނުންނަމަ ދުވާލަކަށް 33 ރުފިޔާ ރައްކާކުރެވިދާނެ އެވެ.

ކާތަކެއްޗަށް ދާ ހަރަދަށް ބޮޑަށް ސަމާލުކަން ދިނުން
ގޭގައި ކައްކާފައި ހުއްޓަސް ބޭރުން ކާއެއްޗެހި ގެންނަ މީހުން މަދެއް ނޫނެވެ. ހަމަ އެހެންމެ ހަފްތާއަކު އެއް ފަހަރު ރެސްޓޯރެންޓަކަށް އަރާ މީހުން ވެސް މަދެއް ނޫނެވެ. ބޭކާރު ގޮތުގައި މި ހޭދަކުރެވޭ ރުފިޔާ މަދުކުރަން ސަމާލުކަން ދޭންވާނެ އެވެ.

އެހެން ގޮތެއް ނެތް ނަމަ ދުވާލަކު 15 ރުފިޔާ ނަމަވެސް ރައްކާ ކުރުން
ބޮޑު އަދަދެއް ރައްކާ ކުރެވޭނެ ކަމުގެ މާލީ ތަނަވަސްކަން ނެތް ނަމަ 15 ރުފިޔާ އިން ފަށާށެވެ. އަމިއްލަ އަތުގައި އެ ރުފިޔާ ބަހައްޓައިގެން ރައްކާނުކުރެވޭނެ ކަމުގެ ބިރު ހީވާނަމަ އެހެން މީހެއްގެ އަތަށް ރައްކާ ކުރާ ރުފިޔާ ދެވިދާނެ އެވެ.
ދިރިއުޅުން
ހިޔާލު

ފަޒުނާ

އުޅޭ ތަނަށް ދައްކަން ޖެހޭ ކުލި ދައްކާފަ ދެން ނޯވޭ އިތުރަށް ކަނޑާނެ ހަރަދެއް. ކުލި ދައްކަން ނުޖެހޭ މީހުންނަށް ވަރަށް ފަސޭހަ ވާނެ ތިކަހަލަ އާޓިކަލް ލިޔަން