Actor Shivin ai Sonali ulheni rahtehi vegentha?
image
ސިވިން އާއި ސޮނާލީ---
0 ކޮމެންޓް
 

އެކްޓަރު ޝިވިން އާއި ސޮނާލީ އުޅެނީ ރައްޓެހިވެގެންތަ؟

ޓީވީ އެކްޓަރު ޝިވިން ނާރަންގަށް އާއި އިންޑިއާގެ މަޝްހޫރު މޮޑެލް ސޮނާލީ ކުކްރޭޖް އާ އުޅެނީ ރައްޓެހިވެގެން ކަމަށް އަޑުތައް އަރައިފިއެވެ.
ދާދި ފަހުން ސޮނާލީގެ އުފަންދުވަހާ ގުޅިގެން އިންސްޓަގުރާމު މެދުވެރިކޮށް ޝިވިން ހިއްސާކޮށްފައިވާ ފޮޓޯތަކުން ގިނަ ބައެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ. އެދެމީހުން އެކުގައި ނަގާފައިވާ އެފޮޓޯތަކުން އެދެމީހުންގެ ދެމެދުގައި ރަހުމަތްތެރިކަމުގެ ގުމުގެ އިތުރުން ލޯބީގެ ގުޅުމެއް ވެސް އޮންނަ ކަން އެނގި ގެސްފައިވެއެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަކު ޝިވިން އަށް ސުވާލުކުރި ނަމަވެސް އެސުވާލަށް ޝިވިން އަދި ޖަވާބެއް ދީފައެއް ނުވެއެވެ.

ޝިވިން އޭނާގެ ކެރިއަރު ފެށީ 2012 ވަނަ އަހަރުއެވެ. ޝިވިން ވަނީ ސުޓާ ޕުލަސް އިން ދެއްކި މަޝްހޫރު ޝޯ 'އެކް ވީރް ކީ އަރްދާސް' އިން ރަންވިޖޭ ސިންގް ގެ ރޯލުން ވެސް ފެނިފައެވެ. އޭގެ އިތުރުން ކަލާސް ޓީވީއިން ދައްކަމުން އަންނަ ޝޯއެއް ކަމަށްވާ 'އިންޓަނެޓް ވާލާ ލަވް' ގައި ވެސް ޝިވިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޝިވިން ނާރަންގް
ހިޔާލު