Supportarehge athugai tattoo eh jehumun vikas rulhigadha vejje
image
ވިކާސް---
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ސަޕޯޓަރެއްގެ އަތުގައި ޓެޓޫއެއް ޖެހުމުން ވިކާސް ރުޅިގަދަވެއްޖެ

މަޝްހޫރު ޓީވީ ހޯސްޓު އަދި ޓީވީ ޕްރޮޑިއުސަރު ވިކާސް ގުޕްތާގެ ސަޕޯޓަރަކު އޭނާ އާ ގުޅުންހުރި ޓެޓޫ އެއް ޖެހުމުން ރުޅި ގަދަވެއްޖެއެވެ.
ސޯޝަލް މީޑިއާގެ ހުރިހާ އެކައުންޓެއްގައި ވެސް ވިކާސް އޭނާގެ ނަމަކަށް ބޭނުންކޮށްފައި ހުންނަނީ "ލޮސްޓްބޯއީސް ޖާނީ" އެވެ. އަދި ބައެއް ފަރާތްތަކުން ވެސް އޭނާއަށް މުހާތަބު ކުރަނީ ވެސް "ލޮސްޓު ބޯއީސް ޖާނީ" އޭ ކިޔާފައެވެ.

ދާދި ފަހުން ވިކާސް ހައިރާންކޮށްލީ އޭނާގެ ސަޕޯޓަރަކު "ލޮސްޓު ބޯއީސް ޖާނީ" ގެ ޓެޓޫ އެއް އަތުގައި ޖެހުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ވިކާސް ހިތްހަމަ ނުޖެހިފައިވާއިރު ވިކާސް ބުނީ އެއީ މަޖާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ލޯބި ފާޅުކުރުމެއް ނޫން ކަމަށް ވެސް ވިކާސް ވަނި ބުނެފައެވެ.

އޭގެ އިތުރުން އެކަމާ ގުޅޭގޮތުން އިތުރު އެއްޗެއް ބުނަން ނެތް ކަމަށް ވެސް ވިކާސް ވަނީ ބުނެފައެވެ.

ވިކާސް ވަނީ ގިނަ ޓީވީ ޝޯތައް ހޯސްޓުކޮށްފައެވެ. ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ވިކާސް ވަނީ ބިގް ބޮސް 11 ގައި ވެސް ބައިވެރިވެފައެވެ.
ވިކާސް ގުޕްތާ
ހިޔާލު