Handhu neiinama vaany kihineh?
image
ފާތުމަތު ނަޒުފާ އިރުޝާދު
1 ކޮމެންޓް
 

ހަނދު ނެތް ނަމަ ވާނީ ކިހިނެއް؟

އަޅުގަނޑުމެންގެ ދުނިޔެވާ ސޫރުދަ ނިޒާމު ނުވަތަ ސޯލާ ސިސްޓަމް ގައިވާ ގިނަ ގުރަހަތައް ވަށައި ހަނދު ހުރެ އެވެ. ދުނިޔެ ވަށައި އެންމެ ހަނދެއް ދައުރު ކުރި ކަމުގައި ވިޔަސް ބައެއް ގުރަހަތަކުގައި ގިނަ އަދަދަކަށް ހަނދުތައް ދައުރު ކުރެއެވެ. އެގޮތުން ދުނިޔެ ވަށައި ދައުރު ކުރާ އެ ހަނދު ނެތްނަމަ ނުވަތަ ހަނދު ގެއްލިއްޖެ ނަމަ ދުނިޔެ އޮންނާނެ ގޮތަކާމެދު ސައިންސްވެރިން ވަނީ ގިނަ ދިރާސާތަކެއް ކޮށްފަ އެވެ.
މިހާރަށްވުރެ ރޭގަނޑުގެ ވަގުތުތައް އަނދިރިވާނެ
ރޭގަނޑުގެ ވަގުތު ތަކުގައި ލިބޭ އަލިކަމަކީ ހަނދު އިރުން އަލި ރިފްލެކްޓް ކޮށްގެން ދުނިޔެއަށް ފޯރުކޮށްދޭ އަލި ކަމެކެވެ. އެހެންކަމުން ހަނދު ނެތްނަމަ އެންމެ ބޮޑަށް ފާހަގަވާނެ ކަމަކީ ރޭގަނޑުގެ ވަގުތުތައް ބޮޑަށް އަނދިރި ވުމެވެ.

"ޓައިޑްސް" ތައް ކުޑަވާނެ
"ހައި ޓައިޑްސް" އާއި "ލޯ ޓައިޑްސް" ނުވަތަ ދިޔަވަރު ބޮޑުވުމާއި ކުޑަވުން ކުރިމަތި ވަނީ ހަނދުގެ "ގްރެވިޓޭޝަނަލް ޕުލް" ނުވަތަ ބިމަށް ދަމާ ބާރުގެ ސަބަބުންނެވެ. ހަނދު ގެއްލިއްޖެ ނަމަ މި ޓައިޑްސްތައް ކުޑަވެގެންދާނެ އެވެ.

ގިނަ މޫސުމީ ބަދަލުތައް އަންނާނެ
"ޓައިޑްސް" ތަކަށް އަންނަ ބަދަލުތަކާއެކު މޫސުމަށް ބޮޑެތި އަސަރުތައް ކުރާނެ އެވެ. އޭގެ ސަބަބުން ސަރަހައްދުތަކުގެ ފިނި ހޫނު މިނަށް ހީވެސް ނުކުރާހާ ބޮޑު ބަދަލުތަކެއް އަންނާނެ އެވެ.

ދުވަސްތައް ކުރުވާނެ
ހަނދު ނެތްނަމަ ކޮންމެ ދުވަހެއް ހަ ގަޑި އިރާއި 12 ގަޑި ތެރޭގައި ނިމިގެންދާނެ އެވެ. އަހަރެއްގައި 1000 ދުވަސް ވެސް އޮވެދާނެ އެވެ. ދުނިޔެ އޭގެ ޒާތުގައި ދައުރުކުރާ ދައުރު ކުރުން މަޑުކޮށް ދެނީ ހަނދުގެ ދަމާ ބާރުގެ ސަބަބުންނެވެ.

ގިނި ހިލަތަކުގެ ބިރު ބޮޑު
ހަނދު ނެތްނަމަ ގިނި ހިލަތައް ދުނިޔެއަށް ވެއްޓުމުގެ ބިރު ބޮޑުވާނެ އެވެ.
ހަނދު
ހިޔާލު

މަގޭބުނީ

https://www.youtube.com/watch?v=wet9ykwZDk4