Civil court ge hukum isthiunaafeh nukuraanan: BML
image
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ސިވިލް ކޯޓުގެ ހުކުމް މަތީ ކޯޓެއްގައި އިސްތިއުނާފް ނުކުރާނެކަމަށް ބީއެމްއެލް އިން ބުނެފި

ބެންކުން އެދުނު ގޮތާއި މެދު ކޯޓުން ގޮތެއް ކަނޑައެޅިއްޖެ ކަމަށާއި އެހެންކަމުން ސިވިލް ކޯޓުން މިއަދު ކުރި ހުކުމް މަތީ ކޯޓެއްގައި އިސްތިއުނާފް ނުކުރާނޭކަމަށް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނާ ދެކޮޅަށް ބީއެމްއެލް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މިއަދު ނިންމުމާ ގުޅިގެން ބޭންކުން މިރޭ ބުނީ ސިވިލް ކޯޓުގެ ހުކުމާއި އެއްގޮތަށް އަމަލުކުރުމުން ބީއެމްއެލްއާ މެދުވެސް އަދި ބީއެމްއެލްގެ މުވައްޒަފަކާމެދުވެސް އެއްވެސް ފަރާތަކަށް ޝަރުއީ މައްސަލައެއް ހުށަނޭޅެކަން ސާފުވާކަމަށެވެ.

ބީއެމްއެލުން ބުނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަން ޖެހުނު މައިގަނޑު ސަބަބަކީވެސް މައުލޫމާތުދީގެން ބީއެމްއެލްއާ ދެކޮޅަށް ދައުވާ ކުރުމުގެ ފުރުސަތު އޮތުމުންކަށެވެ. ނަމަވެސް މިހާރު އެފުރުސަތު ނެތުމުން މައްސަލަ އިސްތިއުނާފް ކުރުމުގެ ބޭނުމެއް ނެތް ކަމަށް ބޭންކުން ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވި އެވެ.

" ބޭންކިން އާ ބެހޭ ގާނޫނާއި ގަވާއިދުތަކާއި ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ތަހުގީގީ އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދެމުންދާނެ ކަމުގެ ޔަގީންކަން އަރުވަން،" ބޭންކުގެ އޮފިޝަލް ވިދާޅުވި އެވެ.

ބީއެމްއެލްއިން ދައުވާކޮށްފައިވަނީ ތަހުގީގަށް މައުލޫމާތު ދޭންޖެހޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ކަނޑައަޅައިދިނުމަށެވެ. އޭގެ އިތުރުން ކޯޓް އަމުރެއް ނެތި މައުލޫމާތު ނުދީގެން އެއްވެސް މުވައްޒަފަކާ ދެކޮޅަށް ފިޔަވަޅު ނޭޅޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް ބީއެމްއެލުން ވަނީ އެދެފައެވެ.

ނަމަވެސް ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ، ތަހުގީގުކުރުމުގެ ގާނޫނީ ބާރު ދީފައިވާ އިދާރާތަކުން ބޭނުންވާ މައުލޫމާތު އެ ތަނަކުން ލިޔުމުން އެދުމުން، ކޯޓު އަމުރެއް ނެތަސް މައުލޫމާތު ދޭންޖެހޭނެ ކަމަށެވެ.
ހިޔާލު