Taimur akee Bollywood ge kuri maguge thari: Akshay
image
އަކްޝޭ ކުމާރް އަދި ތައިމޫރު އޭނާގެ މަންމަ ކަރީނާ ކަޕޫރު ހާނާއެކު--
0 ކޮމެންޓް
 

ތައިމޫރަކީ ބޮލީވުޑުގެ ކުރިމަގުގެ ތަރި: އަކްޝޭ

ބޮލީވުޑްގެ ތަރިން އަކްޝޭ ކުމާރާއި ވިދްޔާ ބާލަން އަދި ތާޕްސީ ޕަންނޫ މިހާރު ދަނީ ފިލްމު "މިޝަން މަންގާލް" ޕްރޮމޯޓު ކުރަމުންނެވެ.
އެތަނުން އެއް ޕްރޮމޯޝަން އިވެންޓެއްގެ ތެރެއިން އަކްޝޭ ބުނެފައި ވަނީ ކަރީނާ ކަޕޫރް ހާނާއި ސައިފު އަލީ ހާނުގެ ދަރިފުޅު ތައިމޫރު އަލީ ހާން ވާނީ ހިންދީ ސިނަމާގެ ކުރިމަގުގައި އެންމެ އަލިގަދަ ތަރިއަށް ކަމަށެވެ.

އަކްޝޭ ޕްރޮމޯޓް ކުރަމުންދާ "މިޝަން މަންގާލަ" އަކީ ސްޕޭސް ޑްރާމާއަކެވެ. އޭގައި ފެންނާނީ އިންޑިއާގެ މާސް އޯބިޓާ މިޝަނުގެ ކާމިޔާބު އޮޕަރޭޝަނާއި ގުޅުން ހުރި ކަންކަމެވެ.

އެ ފިލްމުގެ ތަރިންގެ ތެރޭގައި ސޮނާކްޝީ ސިންހާ، ކިރްތީ ކުޅާރީ، ނިތްޔާ މެނެން، ޝަރްމަން ޖޯޝީ އަދި ވިދްޔާ، ތާޕްސީ އާއި އަކްޝޭ ހިމެނެ އެވެ. އާރް ބަލްކީ ޕްރޮޑިއުސްކުރާ އެ ފިލްމު ނެރޭނީ އޯގަސްޓް 15 ގައެވެ.
ހިޔާލު