Hrithik ge kaafa J Om Prakash ge janaazaa baavvaifi
image
ރިތިކްގެ ކާފަ، ޖޭ އޯމް ޕްރަކާޝްގެ ޖަނާޒާގައި--
0 ކޮމެންޓް
 

ރިތިކްގެ ކާފަ، ޖޭ އޯމް ޕްރަކާޝްގެ ޖަނާޒާ ބާއްވައިފި

ބޮލީވުޑްގެ ތަރި ރިތިކް ރޯޝަންގެ ކާފަ އަދި ފިލްމު ޕްރޮޑިއުސަރު ޖޭ އޯމް ޕްރަކާޝްގެ ޖަނާޒާ ބާއްވައިފި އެވެ.
އުމުރުން 93 އަހަރުގައި ޕްރަކާޝް މަރުވެފައި ވަނީ މުމްބާއީގައި މިދިޔަ ހޯމަ ދުވަހު އެވެ. އޭނާ އަކީ "އާޕް ކީ ކަސަމް" އަދި "އާހިރު ކިޔޫ" ފަދަ ފިލްމުތައް އުފައްދާފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހޯމަ ދުވަހުގެ ހެނދުނު އޭނާ މަރުވީ އުމުރުން ދުވަސްވުމުން ބަލިވެ އުޅުމަށް ފަހުގަ އެވެ. އޭނާގެ ޖަނާޒާގައި ބޮލީވުޑުގެ ގިނަ ބަޔަކު ބައިވެރިވި އެވެ.އެގޮތުން ދަރްމެންދްރަ، އަމީތާބް ބަޗަން އާއި އަބީޝޭކް ބަޗަން ވަނީ ޖަނާޒާގައި ބައިވެރިވެފަ އެވެ. ކުރިން ރިތިކް ދީފައިވާ އިންޓަވިއު ތަކުގައި ބުނެފައި ވަނީ އޭނާގެ ކާފައަކީ ވަރަށް މުހިއްމު މީހެއް ކަމަށެވެ.

އެގޮތުން އޭނާގެ ދިރިއުޅުމުގައި ގިނަ ފިލާވަޅުތަކެއް ދަސްކޮށް ދިނުމަށް ފަހު، ރިތިކްގެ ދަރިންނަށް ވެސް ދިރިއުޅުމުގެ މުހިއްމު ފިލާވަޅުތަކެއް ކާފަ ކިޔައިދޭ ކަމަށް ބުނެފައި ވެއެވެ.
ރިތިކް ރޯޝަން
ހިޔާލު