Dhiruvaali dhai ungulhaa burus 20 aharu fahun nagaifi
image
ލީގެ ގޮހޮރުން ނެގި ދަތް އުނގުޅާ ބުރުސް--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ދިރުވާލި ދަތް އުނގުޅާ ބުރުސް ގޮހޮރުން 20 އަހަރު ފަހުން ނަގައިފި

ޗައިނާގެ ގައިދީއަކު އަމިއްލައަށް މަރުވާން ވެގެން ކުރި މަސައްކަތުގައި މީގެ 20 އަހަރު ކުރިން އޭނާ ވަނީ ދަތް އުނގުޅާ ބުރުހެއް ދިރުވާލާފަ އެވެ.
ލީ ނަމަކަށް ކިޔާ އެ މީހާ ބަނޑުގައި ރިއްސާތީ ސީޓީ ސްކޭނެއް ހަދަން ކައިރި ހޮސްޕިޓަަލަކަށް ގެންދިޔަ އެވެ. ގޮހޮރުގައި އޮތް ބުރުސް ފެނިފައި ޑޮކްޓަރުން ތިބީ ހައިރާންވެފަ އެވެ.

ޑޮކްޓަރުން ބުނި ގޮތުގައި އެ ބުރުސް އޮތީ ސިފަ ވެސް ނޭނގޭ ވަރު ވެފައި ކަމަށާއި އެއްކޮށް ކަޅުވެފައި ކަމަށެވެ. ލީގެ ގޮހޮރުން ދަތް އުނގުޅާ ބުރުސް ނަގާލެވުނީ އެންޑޮސްކޯޕް އެއްގެ އެހީގަ އެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހުނު އެ މީހާ މިހާރު ވަނީ ޖަލުން މިނިވަންކޮށްފަ އެވެ. 51 އަހަރުގެ ލީ މަސްތުވާތަކެތި ބޭނުންކުރުން މިހާރު ހުއްޓާލާފައިވާ ކަންވެސް ފާހަގަކޮށްލެވެ އެވެ.

އެ ބުރުސް އޭނާގެ ގޮހޮރުގައި އިތުރު ދުވަސްތަކެއް ވަންދެން އޮތްނަމަ އޭނާގެ ފުރަމޭ އަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ޑޮކްޓަރުން ބުންޏެވެ.
ހިޔާލު