Emme molhu actor ge award Vicky aai Ayushman ah
image
އަޔުޝްމަން އަދި ވިކީ--
0 ކޮމެންޓް
 

ނޭޝަނަލް ފިލްމު އެވޯޑްސްގައި އެންމެ މޮޅު އެކްޓަރުންނަށް ހޮވުނީ ވިކީ އަދި އަޔުޝްމަން

އިންޑިއާގެ 66 ވަނަ ނޭޝަނަލް ފިލްމް އެވޯޑްސް ގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑު ފުރަތަމަ ފަހަރަށް ދެ އެކްޓަރުންނަށް ލިބިއްޖެ އެވެ. މިފަހަރު އެ އެވޯޑު ލިބުނީ އަޔުޝްމަން ހުރާނާ އާއި ވިކީ ކޯޝަލް އަށެވެ.
އަޔުޝްމަން އަށް އެވޯޑު ލިބުނީ އިލްމު އަންދާދުން އިންނެވެ. އަދި ވިކީ އަށް އެވޯޑު ލިބުނީ ފިލްމު ޔުރީ: ދަ ސާޖިކަލް ސްޓްރައިކް އިންނެވެ. އެ ދެ ތަރިން ވެސް ވަނީ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.

އަންދާދުން އަކީ ފްރާންސްގެ އޮލިވާ ޓްރެނިއާގެ ކުރު ފިލްމު 2010 ވަނަ އަހަރު ނެރުނު ޕިއާނޯ ޓިއުނާގެ ރީމޭކެކެވެ. އެ ރިމޭކަށް އިންޑިއާގެ ނޭޝަނަލް ފިލްމު އެވޯޑްސް ގައި ވަނީ އެންމެ މޮޅު ހިންދީ ފިލްމު އަދި އެންމެ މޮޅު އެޑެޕްޓެޑް ސްކްރީންޕްލޭ އެވޯޑު ވެސް ލިބިފަ އެވެ.

ޔޫރީ: ދަ ސާޖިކަލް ސްޓްރައިކަށް ވެސް ވަނީ ގިނަ އެވޯޑުތަކެއް ލިބިފަ އެވެ. އެއީ އެންމެ މޮޅު ޑައިރެކްޓަރު، އެންމެ މޮޅު ބެކްގްރައުންޑް ސްކޯ އަދި އެންމެ މޮޅު ސައުންޑް ޑިޒައިން އެވޯޑެވެ.

އަދިތްޔާ ދާރް ޑައިރެކްޓް ކުރި އެ ފިލްމުގެ ތަރިންނަކީ ވިކީގެ އިތުރުން ޕަރޭޝް ރާވަލް، ޔާމީ ގޯތަމް، މީހިތު ރެއިނާ އަދި ކިރްތީ ކުލްހަރީ އެވެ. އެ ފިލްމަކީ މިއަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެއް ހިންދީ ފިލްމެވެ.
ހިޔާލު