Moosun goasve China ge ethah baeh gedhoru dhookollaifi
image
ތޫފާން ލެކީމާގެ ސަބަބުން ލިބިފައިވާ ގެއްލުން-- ފޮޓޯ: އޭއެފްޕީ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

މޫސުން ގޯސްވެ، ޗައިނާގެ އެތައް ބައެއް ގެދޮރު ދޫކޮށް ދަތުރުކުރަން ފަށައިފި

ތޫފާން ލެކީމާގެ އަސަރު ޗައިނާއަށް އަށް ފޯރާ މޫސުން ގޯސްވުމުގެ ސަބަބުން، އެގައުމުގެ މިލިއަނެއްހާ މީހުން އަމިއްލަ ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ދަތުރުކުރަން ފަށައިފިއެވެ.
ތޫފާން ލެކީމާގެ ސަބަބުން މިހާތަނަށް ޗައިނާގެ 13 މީހުން މަރުވެފައިވާއިރު ބިނގަނޑު ދަމައިގަތުމުގެ ހާދިސާއެއްގައި ވަނީ 16 މީހުން ގެއްލިފައެވެ. ބިނގަނޑުދަމާގަތުމުގެ ހާދިސާ ހިނގާފައިވަނީ ޑޭމްއެއް ހަލާކުވުމުގެ ސަބަބުން ޗައިނާގެ ޝަންގާއީ ސިޓީގައެވެ.

ޗައިނާގެ ޒެޖިއަން ޕްރޮވިންސްގެ ތެރެއިން ލެކީމާ މިހާރު ދަތުރުކުރަނީ 20 މިލިއަން މީހުންގެ އާބާދީއެއް ހިމެނޭ ޝަންހާއީ ސިޓީއާ ދިމާލެށެވެ.

ޗައިނާގެ ބޮޑު ސަރަހެއްދެއްގައި ފެންބޮޑުވެފައިވާ އިރު އެ ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް ވެސް ކެނޑިފައެވެ. އިމަޖެންސީ ހާލަތްތަކުގައި އެހީދޭ ފަރާތްތަކުން ދަނީ ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ މަސައްކަތް ކުރަމުންނެވެ.

ޝަންހާއީ ސިޓީ ތޫފާން ލެކީމާއާ ކުރިމަތިލާއިރު ކަމާބެހޭފަރާތް ތަކުން ވަނީ ހާހަކަށް ވުރެ ގިން ފްލައިޓް ދަތުރުތައް ކެންސަލްކޮށް ރޭލުގެ ހިދުމަތް ވެސް މެދުކަނޑާލައިފައެވެ.

ތޫފާންގެ ބާރު މިހާރު ކުރިއަށް ވުރެ ދަށްވެފައި ވިޔަސް، ލެކީމާގެ ސަބަބުން އަދިވެސް ބޮޑެތި ގެއްލުންތަކެއް ވުމުގެ ފުރުސަތު ބޮޑުކަމަށް މޫސުމާ ބެހޭ ފަރާތްތަކުން ބުނެއެވެ.
ޗައިނާ މޫސުން
ހިޔާލު