BML ge eid sai 10 rashehga!
image
ބީއެމްއެލް އީދު ސައިގެ ތެރެއިން-- ފޮޓޯ: ބީއެމްއެލް
1 ކޮމެންޓް
 

ބީއެމްއެލްގެ އީދު ސައި މިފަހަރު 10 ރަށެއްގައި!

މިދިޔަ ފިތުރު އީދާ އެއް ގޮތަށް އަޟްހާ އީދުގައި ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 10 ރަށެއްގައި އީދު ސައި ބާއްވައިފި އެވެ.
ބީއެމްއެލް އިން ބުނީ ރަށު ކައުންސިލްތަކާއި އަމިއްލަ ޖަމިއްޔާތަކާ ގުޅިގެން ބާއްވާ ސަޔަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ. ފިތުރު އީދުގައި އަށް ރަށެއްގައި ސައި ބޭއްވުމަށް ފަހު މިފަހަރު ސައި ބޭއްވީ 10 ރަށެއްގަ އެވެ.

ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަން އާލާ ކުރުމަށް ސައި ބޭއްވީ ހއ. ވަށަފަރު، ނ. މަނަދޫ، ރ. މީދޫ، ބ. އޭދަފުށި، ކ. މާފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ތ. ގުރައިދޫ، ގދ. ގައްދޫ، އަދި ސ. މަރަދޫ ގައެވެ.

އެއީ ކުޑަ އީދުގައި ސައި ބާއްވާފައިވާ ރަށްރަށެއް ނޫނެވެ. ބީއެމްއެލް އިން ބުނީ އީދު ސައި އިންތިޒާމްކޮށްފައި ވަނީ ރަށުގެ ކައުންސިލްތަކާއި، މަދަނީ ޖަމިއްޔާތަކާއި އަދި އާންމު ފަރުދުންނާ ގުޅިގެން ކަމަށެވެ."ކުޑަ އީދުގައި ބީއެމްއެލް އިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ އީދު ސައި ވެގެން ދިޔައީ ވަރަށް ކާމިޔާބު ހަރަކާތަކަށް. ކުދިބޮޑު އެންމެން ބައިވެރިވެ އެއްކޮށް ސައިބޮއި، ވާހަކަ ދައްކާ މަންޒަރު އެ ރަށްތަކުން ފެނިގެންދިޔަކަމީ އަޅުގަނޑުމެން މި ހަރަކާތް ރޭވުމުގެ މަގްސަދު ފުރިހަމަވެގެން ދިޔަކަމަކަށް. އެހެންކަމުން މި އީދުގައިވެސް ބީއެމްއެލް އިން އިސްނަގައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދިޔަ އީދު ސަޔަކީ ވަރަށް އުފާވެރިކަމާއި އެކުވެރި ކަމާއެކު ކުރިއަށް ގެންދެވުނު ހަރަކާތެއް. މިފުރުސަތުގައި ބޭންކުގެ ބްރާންޗުތަކުގެ މުވައްޒަފުން މިކަމަށް އިސްނަގައިގެން ކޮށްދިން މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި ހަމައެހެންމެ މި ރަށްތަކުގެ ރައްޔިތުންގެ ފަރާތުންނާއި ކައުންސިލްތަކާއި، މަދަނީ ޖަމިއްޔާ ތަކުން ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް އެފަރާތްތަކަށްވެސް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން،" ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވި އެވެ.
ބީއެމްއެލް އީދު
ހިޔާލު

ާއައިޝް

މާލޭގަވެސް އީދުސަޔެއް ބާއްވާލަ ދެއްވުން ފެނޭ