Jabariya Jodi gina bayakah kamudhiya
image
0 ކޮމެންޓް
 

"ޖަބަރިޔާ ޖޯޅީ" ގިނަ ބަޔަކަށް ކަމުދިޔަ

އޭކްތާ ކަޕޫރު ޑައިރެކްޓު ކުރި ފިލްމު "ޖަބަރިޔާ ޖޯޅީ ގިނަ ބަޔަކަށް ކަމުގޮސްފިއެވެ.
މިމަހު ނުވަ ވަނަ ދުވަހު ނެރނު އެފިލްމު ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު ގިނަ ބަޔަކު ވަނީ ފިލްމުގައި ފެނިގެންދާ ފަންނާނުންގެ އެކްޓިންއަށް ވެސް ތައުރީފުކޮށްފައެވެ. އަދި ފިލްމު މަޖާ ކަމަށާއި މިއީ ބަލާވަރުގެ ފިލްމެއް ކަމަށް ވެސް ގިނަ އަންނަނީ ބުނަމުންނެވެ.

އެ ފިލްމު ބިނާކޮށްފައި ވަނީ ކައިވެނި ކުރަން އުޅޭ ފިރިހެނެއް ކިޑްނެޕް ކުރުމުން ދިމާވާ ހާދިސާތަކެއްގެ މައްޗަށެވެ. ލީޑު ރޯލުން ޕަރިނީތި ޗޯޕްރާ އާއި ސިދާތު މަލްހޯތްރާ ފެނިގެންދިޔަ އެފިލްމުގައި އަޕަރްޝަކްތީ ކުރާނާ އަދި ޖާވެދް ޖަފަރޭ ފެނިގެންދެއެވެ.

ސިދާތާއި ޕަރިނީތީ ވަނީ މީގެ ކުރިން ފިލްމު "ހަސީތޯ ޕަސީ" ގައި މަސައްކަތް ކޮށްފަ އެވެ.
ޖަބަރިޔާ ޖޯޑީ
ހިޔާލު