Samaal! Samaal! Kuriah oiyy 2 dhuvahuves Moosun goasvaane
image
މޫސުމް ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުނު ބަޔަކު ފުލުހުން މާލެ ގެނެސްފައި
ސީއެންއެމް
0 ކޮމެންޓް
 

ސަމާލް! ސަމާލް! ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެ

ކުރިއަށް އޮތް 48 ގަޑިއިރު، ނުވަތަ ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ބުނެފިއެވެ.
އެއިދާރާއިން ބުނީ އިއްޔެ އާއި މިދިޔަ ހޮނިހިރު ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށްފައިވާ ކަމުގައެވެ. އެގޮތުން އެންމެ ގިނައި ވާރޭ ވެހިފައިވާކަމަށް ރެކޯޑް ކުރެވިފައިވަނީ ސ ގަމަށް ކަމަށާއި ގަމަށް 114 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ބުނެއެވެ.

އެންމެ ގަދަޔަށް ވައި ޖެހިފައިވާކަމަށް ރެކޯޑް ކުރެވިފައިވާ ގދ ކާޑެއްދޫއަށް ގަޑިއަކު 55 މޭލު ބާރުމިނުގައި ވައިޖެހިފައިވާކަމަށްވެސް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ބުނެއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ބުނީ ކުރިއަށް އޮތް 48 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް ލަފާކުރެވޭ ކަމުގައެވެ. މީގެ އިތުރުން ވިލާގަނޑުގައި 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ބުނެއެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ބުނެފައިވަނީ މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމުގައެވެ.

ވިއްސާރާގައި ފެންބޮޑުވެ އަދި ވައިގަދަވުމުގެ ސަބަބުން ބައެއް ރަށްރަށް ބޮޑެތި ގެއްލުންތަކެއްވަނީ ވެފައެވެ. މީގެ އިތުރުން ވތުވެ ދިޔަ ދެ ދުވަހުވެސް ކަނޑުމަތީގެ އެތައް ހާދިސާއެއްވަނީ ހިންގާފައެވެ.

މޫސުން
ހިޔާލު