30 Meehun thibi safari akah dhiyavaathee sifain harakaaitherivanee
image
ސިފައިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އޮނާސް ލެގަސީ ސަފާރީ.-- ފޮޓޯ: ކްރޫޒް މޯލްޑިވްސް
0 ކޮމެންޓް
 

30 މީހުން ތިބި ސަފާރީ އަކަށް ދިޔަވާތީ ސިފައިން ހަރަކާތްތެރިވަނީ

ފަތުރުވެރިންނާއި ފަޅުވެރިން ހިމެނޭ ގޮތަށް ޖުމްލަ 30 މީހަކު ތިބި ސަފާރީ އަކަށް ދިޔަވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ މެންދުރު ފަހު 13:25 ހާއިރު ރިޕޯޓް ކޮށްފައިވަނީ އުތުރު ތިލަފަޅުގައި އަޅާފައި އޮތް "އޮނާސް ލެގަސީ" ނަމަކަށް ކިޔާ ސަފާރީ އަށް ދިޔަވާތީ ކަމަށެވެ. އަދި މިހާރު މާލޭ އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ސިފައިން ބުނީ އެ ސަފާރީގައި ތިބި 30 މީހުންގެ ތެރޭގައި ހިމެނެނީ 18 ފަތުރުވެރިންނާއި 12 ފަޅުވެރިން ކަމަށެވެ.

އޮނާސް ލެގަސީ ސަފާރީ އަށް ދިޔަވާތީ ސިފައިންނަށް ރިޕޯޓް ކުރުމުން، މިހާރު ސިފައިން ގެނަދަނީ އެ ސަފާރީ އަށް އެހީތެރިވަމުންނެވެ. އަދި ސަފާރީގައި ތިބި އެއްވެސް މީހަކަށް، އަނިޔާއެއް ވެގެން މިހާތަނަށް ރިޕޯޓް ކޮށްފައެއް ނުވެ އެވެ.

މި ދުވަސްކޮޅު ރާއްޖޭގެ ގިނަ ހިސާބުތަކަށް މޫސުން ގޯސްވެ، ކަނޑު ގަދަވުމުން ސިފައިން ވަނީ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެދިފަ އެވެ.
ހިޔާލު