Midhiya hafthaa 473 ulhandhehgai sticker jahaafaivey
image
ފުލުހުންގެ މައި އިދާރާ--ފޮޓޯ:ފުލުހުން
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

މިދިޔަ ހަފްތާ ނިމުނު އިރު 473 އުޅަނދެއްގައި ފުލުހުން ސްޓިކާ ޖެހި

މިދިޔަ ހަފްތާ ނިމުނު އިރު ގަވާއިދާއި ހިލާފަށް ޕާކު ކޮށްގެން 473 އުޅަނދެއްގައި ސްޓިކާ ޖަހާފައިވޭ ކަމަށް ފުުލުހުން ބުނެފިއެވެ.
ފުލުހުން އާންމު ކޮށްފައިވާ މިދިޔަ ހަފްތާގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި، މިމަހުގެ ތިނަކުން ނުވައެއްގެ ނިޔަލަށް ވަނީ 51 އެކްސިޑެންޓެއް ހިނގާ ފަސް މީހަކަށް އަނިޔާވެފައެވެ. އަދި އެ މުއްދަތުގައި ފުލުހުން ވަނީ 102 އުޅަނދު ޓޯކޮށްފައެވެ. އޭގެއިތުރުން ފުލުހުން ވަނީ 262 އުޅަނދެއް ޗެކް ވެސް ކޮށްފައެވެ.

މިދިޔަ ހަފްތާ އެންމެ ގިނައިން ހިފަހައްޓާފައިވަނީ ލައިސަންސް ނުހައްދާ ދުއްވި ފަރާތްތަކެވެ. އެގޮތުން ލައިސަންސް ނުނަގާ ދުއްވި 85 މީހަކު ވަނީ ހިފަހައްޓައިފަ އެވެ. އަތުގައި ލައިސަންސް ނެތް 69 މީހުން ވެސް ފުލުހުން ހިފެއްހެއްޓިއެވެ.

ބާރު ދުވެލީގައި ދުއްވުމުގެ ސަބަބުން 41 މީހުން ހިފެހެއްޓި އިރު އިންޝުއަރެންސް އަދި ރޯޑް ވާދިނެސް ނުހެއްދުމުގެ ސަބަބުން 66 މީހުން ހިފެހެއްޓިއެވެ. އޭގެ އިތުރުން އަހަރީ ފީ ނުދައްކައިގެން 31 މީހަކާއި ޓްރެފިކް ގަވާއިދުތަކާއި ހިލާފުވި 28 މީހަކާއި 18 އަހަރުންް ދަށުގެ 4 ކުއްޖެއް ހިފެހެއްޓިއެވެ.

މިދިޔަ ހަފްތާ ނިމުނު އިރު ފުލުހުން ވަނީ ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވުމުގެ ސަބަބުން 15 ޓެކްސީ ޑްރައިވަރަކާ މެދު ފިޔަވަޅު އަޅާ، ހެލްމެޓް ނާޅާ ދުއްވި 27 މީހަކު ޖޫރިމަނާ ކޮށްފައެވެ. އަދި ފޯނުގައި ހުރެގެން ނުވަތަ ހެޑްސެޓް ޖަހައިގެން ދުއްޗި 33 މީހެއް ހިފެހެއްޓިއެވެ.
ހިޔާލު