Kulhudhuffushi Mashi Maali parade gai emme faahagavi soothukulhi tug boat
image
މަށިމާލި ޕެރޭޑްގެ ތެރެއިން
ސީއެންްއެމް
1 ކޮމެންޓް
 

ކުޅުދުއްފުށީ މަށިމާލި ޕެރޭޑްގައި އެންމެ ފާހަގަވީ ސޫތުކުޅި ޓަގް ބޯޓް

ކޮންމެ އީދަކާއި ދިމާކޮށް ހދ ކުޅުދުއްފުށީގައި ބާއްވަމުން ގެންދާ މަށިމާލި ޕެރޭޑް މިއަހަރުގެ އަލްހާ އީދާ ދިމާކޮށް މިއަދު ބާއްވާފައިވާއިރު، އެންމެ ފާހަގަ ވެގެން ގޮސްފައިވަނީ ސޫތުކުޅު ޓަގް ބޯޓެއެވެ.
ކުރީގެ ނައިބު ރައީސް ދާދިފަހުން ފިއްލަވަން މަސައްކަތް ކުރެއްވީ ރާއްޖެއިން ފުރައިގެން އިންޑިއާގެ ސޫތުކުޅިއަށް ދަތުރުކުރި ޓަގް ބޯޓެއްގައެވެ. މަށިމާލި ޕެރޭޓްގައި މިކަމަށް ޖޯކް ޖަހާ ޓަގް ބޯޓެއް ޕެރޭޑް ކުރިއެވެ. ކުޅުދުއްފުށީ މަށިމާލެ ޕެރޭޑްގައި ކޮންމެ އަހަރަކުވެސް އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި ސަރުކާރުތަކުންވާ ވައުދު ތަކުގެ ތެރެއިން ނުފުއްދާވާ ވައުދުތަކުގެ އިތުރުން ގައުމީ ފެންވަރުގައި ހުންނަ މައްސަލަތަކަށް މެސެޖް ދިނުމުގެ ގޮތުން ޖޯކްހަޖާ ފްލޯޓްތައް ބޭނުން ކުރެއެވެ. އެގޮތުން މިއަހަރުގެ ޕެރޭޑްގައި އެރަށުގެ ސިއްހީ ހިދުމަތުގެ ފެންވަރު ދަށްކަން ދައްކުވައި ދިނުމުގެ ގޮތުން ފްލޯޓް ބޭނުންކުރިއިރު މުވާސަލާތީ ހިދުމަތްތަކުގެ ފެންވަރު ދަށްވުމާއި އަގު ބޮޑުވުމުގެ ކަންބޮޑުވުންވެސްވަނީ ފާޅުކޮށްފައެވެ. މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ބައެއް ކޮމެޓީތަކާއި ކޮމިޝަންތަކަށް ފާޑުކިއުމުގެ ގޮތުން ފްލޯޓްވަނީ ބޭނުން ކޮށްފައެވެ. ކުޅުދުއްފުށީ މަށިމާލި ޕެރޭޑް ކޮންމެ އަހަރަކުވެސް ބާއްވަމުން ދާއިރު ސަރުކާރުން ކުރާ ކަންކަމުގެ ތެރެއިން އާއްމުންގެ ކަންބޮޑުވުން ހުންނަ ކަންކަމަށް ސަމާލުކަންދީ ފްލޯޓްތައް ބޭނުން ކުރެއެވެ.
ހިޔާލު

ނާޅި

ވަރަށް މޮޅު ކުރިއޭޓިވް !