Dhivehi Hajju verikaku haalu serious ve Coma eh gai
image
ހައްޖު ކޯޕަރޭޝަންގެ ބައެއް ހައްޖުވެރިން އަރަފާތުގައި
ސީއެންއެމް
0 ކޮމެންޓް
 

ދިވެހި ހައްޖުވެރިއަކު ހާލު ސީރިއަސްވެ ކޯމާއެއްގައި

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖަށް ދިޔަ އަންހެނަކަށް ސްޓްރޯކެއްޖެހި ކޯމާއަކަށް ހިނގައްޖެއެވެ.
ކޯމާއަށް ގޮސްފައި ވަނީ ފ ދަރަނބޫދޫ އުމުރުން 39 އަހަރުގެ ސީމާ މޫސާ އެވެ. ހައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ ސީމާ ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ ކަމުގައެވެ. އަދި އޭނާ ހޮސްޕިޓަކަށް ގެންދިޔައީ ބޮލަށް އެނބުރުން އަރައިގެންކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މައުލޫމާތު ލިބިގައިވާ ގޮތުގައި ސީމާ އިއްޔެ ހިލަ އުކުމަށްފަހު އެނބުރި ޓެންޓަށް އައިފަހުން އެނބުރުން އަރައިގެން ވެއްޓި ބޯޖެހި ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުންވަނީ ސްޓްރޯކެއް ޖެހިފައެވެ.

ރާއްޖެއިން މިއަހަރު 2000 އެއްހާ މީހުން ހައްޖަށް ދިޔައެވެ.
ހިޔާލު