ހަބަރު
ފޭޑި
ރިޕޯޓް
ހިޔާލު
ވިޔަފާރި
ދުނިޔެ
ކުޅިވަރު
މުނިފޫހިފިލުވުން
ހަބަރު
/
އިޖުތިމާއީ
ނައިފަރުގެ ގެޔަކަށް ފެން ވަނުމުން އެމްއެންޑީއެފުން އެހީވަނީ-- ފޮޓޯ: އެމްއެންޑީއެފް
13 އޯގަސްޓު 2019
0 ކޮމެންޓް
Tweet
ސަމާލުވޭ، މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް!
ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށާއި، ބޯކޮށް ވާރޭވެހި، ވައިގަދަވުމާއެކު ކަނޑުތައް ވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީސް އިން ވަނީ ބ. އަތޮޅުން ވ. އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރިފަ އެވެ. އެ ސަރަހައްދުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ. ވިލާގަނޑުގައި ގަޑިއަކު 55 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެ އެލާޓް ނެރިފައި ވަނީ މިއަދު ހެނދުނު 08:45 އިން މެންދުރު 12:00 އަށެވެ.
އޭގެ އިތުރުން ރޭ ދަންވަރު ހއ. އަތޮޅުން ތ. އަތޮޅަށް ނެރުނު ވައިޓް އެލާޓްގެ ވަގުތު ވެސް އިތުރުކޮށްފަ އެވެ. އެގޮތުން މިއަދު މެންދުރު 01:40 އާ ހަމައަށް އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވެ އެވެ.
ހއ. އިން ތ. އަތޮޅަށް ވެސް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ގަޑިއަކުން 50 މޭލު ބާރު މިނުގައި ވައި ޖެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މެޓް އޮފީހުން ބުނީ ރާއްޖެ އަށް މޫސުން ގޯސްވެފައި ވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމުން ސަބަބުން ކަމަށެވެ. ފުލުހުންނާއި ސިފައިން އަދި ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ވަނީ މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.
ގުޅުންހުރި
މޫސުން
މެޓް
ހިޔާލު
ނަން:
ފުރުއްވާފަ ފޮނުއްވާ!
ހިޔާލު:
ކޮމެންޓް ލިޔުއްވާ!
އެންމެފަސް
ޗައިނާ ސަފީރުގެ ބަހުގެ ހަމަލާ ރައީސް ނަޝީދަށް!
7 ގަޑިއިރު ކުރިން
މިޔަރެއް އިންސާނަކަށް ހަމަލާދިނުމުގެ ފުރުސަތު ވަރަށް ކުޑަ: ސެންޑީ
7 ގަޑިއިރު ކުރިން
ކްރިސްމަސްއާއި ދިމާކޮށް އިނގިރޭސި ވިލާތަށް ބާރުގަދަ ފަސް ތޫފާނު އަރާފާނެ
7 ގަޑިއިރު ކުރިން
މީހެއްގެ އަތުން 500 ރުފިޔާ ފޭރުނު މީހަކު ހައްޔަރު ކޮށްފި
8 ގަޑިއިރު ކުރިން
"ޔާމީން ވެރިކަމުގައި މޯދީ ރާއްޖެ ވަޑައިނުގަތީ އަޅުގަނޑު ޖަލުގައި ހުރުމުން"
9 ގަޑިއިރު ކުރިން