MDP ge furathama zuvaanunge congress mimahu fahukolhu
image
އެމްޑީޕީ ޔޫތް ވިންގްގެ ބޭފުޅުން-- ފޮޓޯ: އެމްޑީޕީ ޔޫތް ވިންގް
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

އެމްޑީޕީގެ ފުރަތަމަ ޒުވާނުންގެ ކޮންގްރެސް މިމަހު ފަހުކޮޅު ބާއްވަން އެޕާޓީން ނިންމައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފުރަތަމަ ޒުވާނުންގެ ކޮންގްރެސް މިމަހުގެ 30 އަދި 31 ވަނަ ދުވަހު ބާއްވާން އެޕާޓީން ނިންމައިފި އެވެ.
މި ދެދުވަހު ޒުވާނުންގެ ކޮންގްރެސް ކުރިއަށް ދާނީ ހުޅުމާލެ ހުރަވީ ސުކޫލުގައެވެ. ކޮންގްރެސްގައި ޒުވާނުންގެ ހިތްވަރުގެ އަސާސީ ގަވާއިދު ފާސްކުރުމާއި އައު ލޯގޯ ފާސްކުރުން ކުރިއަށް ދާނެ ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން ކުރިޔަށް އޮތް ތިން އަހަރުގެ ތަސައްވުރު އެކުލަވާލުމާއި ނިމިދިޔަ އަހަރުތަކުގެ އަހަރީ ރިޕޯޓް އިއްވުން ވެސް ކޮންގްރެސް އަށް ވަނީ އެޖެންޑާ ކުރެވިފަ އެވެ.

އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސްގައި، ކޮންގްރެސްމަނުންގެ ގޮތުގައި އެ ޕާޓީގައި ތިބި އުމުރުން 18 އަހަރާއި 35 އަހަރުގެ އެކި ބޭފުޅުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި އެޕާޓީގެ ފަރާތުން ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ލޯކަލް ކައުންސިލްތަކުގެ މެންބަރުން ހިމެނެއެވެ.

އަދި ރާއްޖޭގެ އިދާރީ ދާއިރާތަކަށް އެމްޑީޕީން ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި ޕާޓިގައި ދަފްތަރު ކުރެވިފައިވާ ޒުވާނުންގެ ގޮފިތަކުގެ ރައީސް އަދި ނައިބު ރައީސް ވެސް ކޮންގްރެސްމަނުންގެ ގޮތުގައި ހަރަކާތްތެރިވާނެއެވެ.

ޒުވާނުންގެ ކޮންގްރެސްގެ ޑިރެކްޓަ އޮފް ކޮންގްރެސްގެ މަގާމަށް އެމްޑީޕީން ހަމަޖައްސާފައި ވަނީ އައިކު އަހްމަދު އީސާ އެވެ.

އިއްޔެއަކީ ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަސް ކަމަށް ވީއިރު، ކޮންގްރެސް ފަށާ ދުވަހު ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ. އެމްޑީޕީން ބުނީ އެގޮތަށް ނިންމީ އެމްޑީޕީ ޒުވާނުންގެ ކޮންގްރެސްއަކީ ރާއްޖޭގައި ސިޔާސީ ގޮތުން ހަރަކާތްތެރިވާ އެންމެ ގިނަ ޒުވާނުން އެއްތަނަކުން ބައްދަލުވެ ބަސްބުނުމުގެ ބާރުލިބޭނެ ފުރުސަތަށް ވާތީ ކަމަށެވެ.

ކޮންގްރެސްގައި ޒުވާނުންގެ ހިތްވަރުގެ އައު ލޯގޯ ފާސްކުރުމަށް ހަމަޖެހިފައިވާ އިރު ލޯގޯ ޑިޒައިންކޮށް ކުރެހުމުގެ ފުރުސަތު އެޕާޓީން ވަނީ އާންމުކޮށް ހުޅުވާލައިފައެވެ. މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ލޯގޯ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، ހިޔާރުކުރެވޭ ލޯގޯ ޑިޒައިންކުރާ ފަރާތަށް 3000 ރުފިޔާގެ އިނާމެއް ވެސް އެޕާޓީން ވަނީ ހުށަހަޅާއިފައެވެ.
ޒުވާނުން އެމްޑީޕީ
ހިޔާލު

އަދަބީ ނާރެސް

އެމްޑީޕީ ވެރިކަމަށް އަރާއޮވެވެސް އަދި އަންނަ އަހަރު ފަހުކޮޅު ފެށޭމަހު މެދުތެރެ ކިޔުން ހުއްޓާލާ ދުވަސް ކަނޑައަޅާ ކަންކަން ބުނަން ދަސްކުރޭ