Asseyri jalun fili gaidhee aku hoadhaifi
image
ހިންމަފުށި އައްސޭރި ޖަލު-- ފޮޓޯ: ރާއްޖެ އެމްވީ
0 ކޮމެންޓް
 

އައްސޭރި ޖަލުން ފިލި ގައިދީއަކު ހޯދައިފި

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ރޭ ފިލި ގައިދީއަކުން ހޯދުމަށް ފަހު އަނބުރާ ޖަލަށް ވައްދައިފި އެވެ.
ފުލުހުން ބުނީ ގައިދީއަކު ފިލިކަމުގެ މައުލޫމާތު ލިބުނީ ރޭ 10:08 ހާއިރު ކަމަށެވެ. އަދި އޭނާ ހޯދުނީ ގާތްގަނޑަކަށް 10:13 ހާއިރު ކަމަށެވެ. އެމީހާ ހޯދުމަށް ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ވަނީ މަސައްކަތް ކޮށްފަ އެވެ.

ދާދި ފަހުން މާފުށި ޖަލުން ވެސް ގައިދީއަކު ފިލި އެވެ. އޭނާ އަތުލައިގަތީ ކެނޯއެއްގައި ކަނޑުމަތިން ދަތުރު ކުރަމުން ދަނިކޮށެވެ.


ޖަލު ފުލުހުން
ހިޔާލު