Snorkeling ah dhiya 2 fathuruverin gelligen hoadhanee
image
ކޮންސްޓެންސް މޫފުށި--
0 ކޮމެންޓް
 

ސްނޯކްލިން އަށް ދިޔަ ދެ ފަތުރުވެރިން ގެއްލިގެން ހޯދަނީ

އއ. އަތޮޅުގެ ރިސޯޓަކުން ސްނޯކްލިން އަށް ދިޔަ ދެ ފަތުރުވެރިއަކުން ގެއްލިގެން އެމީހުން ހޯދުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފަށައިފި އެވެ.
އެ ފަތުރުވެރިން ސްނޯކްލިން އަށް ދިޔައީ އއ. އަތޮޅުގައި ހިންގާ ކޮންސްޓަންސް މޫފުށި ރިސޯޓުންނެވެ. އެމީހުން ގެއްލުނު ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ ހެނދުނު 11:19 ހާއިރެވެ.

ގެއްލުނު ފަތުރުވެރިންނަކީ ދެމަފިރިން ކަމަށް ވެއެވެ. އެމީހުންނަކީ ކޮން ބައެއްގެ ފަތުރުވެރިން ކަމެއް އަދި އެމީހުންނާ ބެހޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

އެމްއެންޑީއެފް ކޯސްޓުގާޑުގެ ލޯންޗު ވެލާނާ އިން އަންނަނީ އެދެމަފިރިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން ކޯސްޓްގާޑު ޑައިވަރުން ވެސް އެ ސަރަހައްދުގައު ދަނީ ހަރަކާތްތެރިވަމުންނެވެ.
ހިޔާލު