Gelligen hoadhamun dhiya 2 fathuruverin fenijje
image
ކޮންސްޓެންސް މޫފުށި ރިސޯޓް--
0 ކޮމެންޓް
 

ގެއްލިގެން ހޯދަމުން ދިޔަ ދެ ފަތުރުވެރިން ފެނިއްޖެ

އއ. އަތޮޅުގެ ރިސޯޓަކުން ސްނޯކްލިން އަށް ގޮސް އުޅެނިކޮށް މިއަދު ގެއްލުނު ދެ ފަތުރުވެރިން ފެނިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
"ކޮންސްޓެންސް މޫފުށި" ރިސޯޓުން ސްނޯކްލިން އަށް ދިޔަ ދެމަފިރިން ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓު ކުރީ ހެނދުނު 11:19 ހާއިރެވެ. އެމްއެންޑީއެފް ކޯސްޓްގާޑު ލޯންޗާއި ޑައިވަރުން ވަނީ އެމީހުން ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޖަރުމަނުވިލާތަށް ނިސްބަތްވާ ދެ ފަތުރުވެރިން ފެނިފައި ވަނީ އެމީހުން އަމިއްލަ އަށް އަނބުރާ ރިސޯޓަށް ދިޔުމުންނެވެ. އަދި އެމީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ވެއެވެ.

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި ކަނޑުމަތީގެ އެކި ހާދިސާތައް ދަނީ ހިނގަމުންނެވެ. އެހެންކަމުން ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.
ހިޔާލު