26 thanakah 24 gadi iru viyafaari kurumuge huhdha dheefi
image
މާލޭގެ ފިހާރައެއް--
ފާތުމަތު ނަޒުފާ އިރުޝާދު
1 ކޮމެންޓް
 

24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ 26 ތަނަކަށް ދީފި

ސައްބީސް ތަނަކަށް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ދީފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދިން ތަންތަން އިއުލާން ކޮށްފައިވަނީ މިދިޔަ ހަފްތާ ތެރޭގައެވެ.

ހުއްދަ ދިން ތަންތަނުގެ ތެރޭގައި މާލޭގެ 24 ތަނަކާއި އައްޑޫ ސިޓީގެ ދެ ތަނެއް ހިމެނެ އެވެ.

އައްޑޫ ސިޓީން 24 ގަޑިއިރު ވިޔަފާރި ކުރަން ހުއްދަ ދީފައިވަނީ ދެ ކެފޭ އަކަށެވެ.

މުޅި ދުވަހު ވިޔަފާރި ކުރަން އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދެނީ އެކަމަށް ހާއްސަ ޝަރުތުތަކެއް ކަނޑައަޅައި، އެ ޝަތުރުތައް ހަމަވާ ފަރާތްތަކަށެވެ.

އެ ތަންތަނަށް ވިޔަފާރި ކުރަން ހުއްދަ ދެނީ ހުއްދަ ދޭ ތާރީހުން ފެށިގެން ދެ އަހަރަށެވެ.
ހިޔާލު

މަރީ

ތިހުރިހާ ތަންތަނަކަށް ހުއްދަ ދޭއިރުވެސް މިހާރު އެއްމެ ގިނަ މީހުން އާބާދީވަމުން އައްނަ ހުޅުމާލެ އަކަށް ތިއިން އެއްވެސް އުފަލެއްނެތީދޯ! އީދު ބަންދާއިގުލިގެން އެއްގަމު އުޅަނދު ދުއްވުން މަނާކުރި 2 ރަށުތެރޭއިން ފުރަތަމަ ކަނޑަ އެލީ މާލެ އަދި ވިލިނގިޅި. ހަމަ ހުލުމާލެ ގެ ނަންވެސް ހަނދުމަ އެވަގުތު ނެތީ. ދެން ޖެހިގެން އައިދުވަހު އަނެއްކާ އުނި އިތުރު މިގެނައީ. ކަމަކުނުދޭ.