Coma ga oiy hajj veriyaage haalathah badhaleh naadhey
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ކޯމާގައި އޮތް ހައްޖުވެރިޔާގެ ހާލަތަށް ބަދަލެއް ނާދޭ: އިސްލާމިކް މިނިސްޓްރީ

ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން ކޯމާގައި އޮތް މީހާގެ ހާލަތަށް އިތުރު ބަދަލެއް ނާންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ސްޓްރޯކެއް ޖެހިގެން ކޯމާއަށް ގޮސްފައިވަނީ ފ. ދަރަނބޫދޫ އަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ ސީމާ މޫސާ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ބޮލަށް އެނބުރުން އަރައިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސީމާ ހިލަ އުކުމަށްފަހު އެނބުރި ޓެންޓަށް އައި ފަހުން އެނބުރުން އަރައިގެން ވެއްޓި ބޯޖެހި ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުން ވަނީ ސްޓްރޯކެއް ޖެހިފަ އެވެ.

އޭނާއަށް ފަރުވާ ދެމުން އަންނަނީ މިނާގެ "މިނާ އަލްވާދީ" ހޮސްޕިޓަލުގަ އެވެ.މިއަހަރު ރާއްޖެއިން 2000 މީހުން ހައްޖުގެ އަޅުކަން އަދާ ކުރުމަށް ގޮސްފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކޯމާގައި އޮތް މީހާ ފިޔަވައި އެހެން ހުރިހާ ދިވެހި ހައްޖުވެރިންގެ ހާލު ވެސް ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށެވެ.
ހިޔާލު