Nurasmee thauleemuge siyaasathu ekulavaalumuge masakkaiy fashaifi
image
މިދިޔަ ހަފްތާގައި އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ/ ޓްވިޓާ
0 ކޮމެންޓް
 

ނުރަސްމީ ތައުލީމުގެ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ފަށައިފި

ނުރަސްމީ ތައުލީމުގެ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެކަން ހާމަކުރީ އެޑިއުކޭޝަން މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ހާމަ ކުރުމަށް މިދިޔަ ހަފްތާގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮންސަލްޓެންޓަކާއެކު އެ މަސައްކަތް ކުރަމުން ދަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ ފަރާތުން ކަމަށެވެ.

އެގޮތުން ރާއްޖޭގެ އެކި ހިސާބުގައި މިހާރު ނުރަސްމީ ތައުލީމް ކުރިއަށް ގެންދާ ގޮތާއި، ގުޅުން ހުރި ފަރާތްތަކުން ނުރަސްމީ ތައުލީމާ މެދު ދެކޭ ގޮތް ބެލުމުގެ މަސައްކަތް ރާއްޖޭގެ އުތުރާއި ދެކުނުގައި މިހާރު ކުރެވެމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ސިޔާސަތު އެކުލަވާލުމަށް ފަހު ވެލިޑޭޓް ކުރާނެ ކަމަށާއި، އެކަމަށް އެކި އަތޮޅުތަކުގެ ފަރާތުން ބޭފުޅުންގެ ހިޔާލު ހޯދާނެ ކަމަށެވެ.

އަތޮޅު ކައުންސިލުތަކުގެ ބައިވެރިވުމާއެކު އަންނަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ބާއްވާ ބައްދަލުވުމަށް ފަހު ލިބޭ ހިޔާލާއެކު ސިޔާސަތު އެކުލަވާލެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެ އިތުރުން އެ ސިޔާސަތާ ގުޅިގެން ނުރަސްމީ ތައުލީމުގެ ސްޓްރެޓެޖިކް ޕްލޭނެއް ވެސް އެކަށައެޅޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހިޔާލު