Stroke eh jehumaa gulhigen Surekha bali endhugai onnathaa 10 mas
image
ސުރޭކާ--
0 ކޮމެންޓް
 

ސްޓްރޯކެއް ޖެހުމުން ސުރޭކާ ބަލި އެނދުގައި އޮންނަތާ 10 މަސް

ސްޓްރޯކެއް ޖެހުމާ ގުޅިގެން ފިލްމީ ތަރި އަދި ތީވީ އެކްޓަރެސް ސުރޭކާ ސިކްރީ ބަލި އެނދުގައި އޮންނަތާ 10 މަސް ދުވަސް ވެއްޖެ ކަމަށް އޭނާ ބުނެފި އެވެ.
އުމުރުން 74 އަހަރުގެ ސުރޭކާ ބުނީ މީގެ 10 މަސް ކުރިން އޭނާއަށް ސްޓްރޯކެއް ޖެހިފައިވާ ކަމަށެވެ. އަދި އޭރުން ފެށިގެން ފަރުވާ ހޯދަމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށް ސުރޭކާ ވަނީ ބުނެފަ އެވެ.

ޑޮކްޓަރުން ވަނީ އޭނާ ވަރަށް އަވަހަށް ރަނގަޅު ވާނެ ކަމަށް ބުނެފައި ކަމަށް ވެސް ސުރޭކާ ވަނީ ބުނެފަ އެވެ.

ސުރޭކާ އެންމެ ފުރަތަމަ ފެނިގެން ދިޔައީ 1978 ގައި "ކިއްސާ ކުރްސީ ކާ" އިންނެވެ. އެފި ލްމަށް ފަހު ގިނަ ބަޔަކަށް އޭނާ އެނގިގެން ދިޔައިރު އޭނާ ވަނީ ޓީވީ ސީރީޒް ތަކުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

އެގޮތުން "ބަލިކާ ވަދޫ"، "އެކްތަ ރާޖާ، އޭކް ތަ ރާނީ"، އަދި "ޕަރް ދޭސް މޭ ހޭ މެރާ ދިލް" ފަދަ ސީރީޒްތަކުގައި އޭނާ ވަނީ މަސައްކަތް ކޮށްފަ އެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ "ބަދާއި ހޯ" އިންނެވެ.
ސުރޭކާ ސިކްރީ
ހިޔާލު