America ge noosveringe team eh raajjeygai
image
އެމްއެމްޕީއާރްސީން މިއަހަރުގެ ކުރީކޮޅު އިންޑިއާ ނޫސްވެރިން ރާއްޖެއަށް ގެނައުމުގެ ތެރެއިން--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އެމެރިކާގެ ނޫސްވެރިންގެ ޓީމެއް ރާއްޖޭގައި

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން އެމެރިކާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެއަށް ގެނެސްފި އެވެ.
މިއީ ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރްސީން މިއަހަރު ކުރިޔަށް ގެންދާ ސިލްސިލާ މަސައްކަތުގެ ދަށުން ނޫސްވެރިން ގެނައި ފަސް ވަނަ ފަހަރެވެ.

މި މަހުގެ 18 އާ ހަމައަށް އެ ނޫސްވެރިން ރާއްޖޭގައި ތިބޭނެ އެވެ. އެ ޓީމުގައި ހިމެނެނީ ޓްރިޕް ސެވީ، ނެޝަނަލް ޖިއޮގްރަފިކް ޓްރެވެލް، ޔޫއެސްއޭ ޓުޑޭ އަދި ނިއުޔޯކް ޓައިމްސް ފަދަ މަޖައްލާތަކަށް ލިޔުއްވާ ނޫސްވެރިންނެވެ.

އެމެރިކާގެ ނޫސްވެރިން މި ދަތުރުގައި ތިބުމަށް ހަމަޖެހިފައި ވަނީ ހެރިޓަންސް އާރަށް ރިސޯޓް އަދި މަކިއޯ މޯލްޑިވްސް ކޫއްޑޫ ގައެވެ.

ރާއްޖޭގެ ހިތްގައިމު މާހައުލާއި، ޑައިވިން އާއި ވޯޓާ ސްޕޯޓްސް ކުޅިވަރުތަކާއި އަދި އީދު ކުޅިވަރުތައް ވެސް އެ ނޫސްވެރިން ބަލާލަން ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެފައި ވެއެވެ.

ރާއްޖެ އަށް މިއަހަރުގެ ތެރޭގައި ޒިޔާރަތް ކުރި ފަތުރުވެރިންގެ ނިސްބަތަށް ބަލާއިރު އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ގައުމުގެ ތެރޭގައި އެމެރިކާ ހިމެނެ އެވެ.
ހިޔާލު