Bar Council ah Volunteerun hoadhanee
image
ބަކައުންސިލްގެ މެމްބަރުންނާ ރައީސް ސޯލިހް ބައްދަލުކުރެއްވުމުގެ ތެރެއިން: ފައިލް ފޮޓޯ
ސީއެންއެމް
0 ކޮމެންޓް
 

ބާކައުސިލަށް ވޮލަންޓިއަރުން ހޯދަނީ

ދިވެހިރާއްޖޭގެ ބާކައުންސިލްގެ ބައެއް މަސައްކަތްތައް ކުރުމަށް ވޮލަންޓިއަރުން ހޯދުމަށް އިއުލާނު ކޮށްފިއެވެ.
ބާކައުންސިލުން ވޮލަންޓިއަރުން ހޯދަނީ އެކައުންސިލްގެ ލައިސެންސިންގ ކޮމިޓީއާއި އެތިކްސް ކޮމިޓީއާއި އިސްތުއުނާފް ކޮމިޓީއާއި ޤާނޫނީ ތައުލީމު ކޮމިޓީއާއި ލޯ ރިފޯމް އެންޑް ރިސަރޗް ކޮމިޓީ އެކުލަވާލުމަށް ކުރަންޖެހޭ ބައެއް ކަންކަން ކުރުމަށެވެ.

މި ކޮމެޓީތަކަީ ގާނޫނީ ފަންނުގެ 6 ވަނަ މާއްދާގައި ބަޔާން ކުރާ، ބާކައުންސިލު އުފެދުމަށްފަހު އުފައްދަންޖެހޭ ކޮމެޓީތަކެވެ.

ބާކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ކޮމެޓީއައް އެކުލަވާލުމުގެ ކުރިން ކުރަންޖެހޭ ބައެއް މަސައްކަތްތައް ކުރުމަށް ވާކިންގް ގްރޫޕްތަކެއް އެކުލަވާލުމަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވާ ކަމުގައެވެ. ވޮލަންޓިއަރުން ބޭނުންވަނީ އެމަސައްކަތަށެވެ.

ވާކިން ގުރޫޕްތަކުގެ ސަބް ކޮމެޓީގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ފުރުސަތު ހުޅުވާލާފައިވަނީ ޤާނޫނީ ވަކީލުންނަށެވެ. ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާ ވަކީލުން މިމަހުގެ 29 ވަނަ ދުވަހުގެ ކުރިން ބާކައުންސިލަށް ހުށަހެޅުމަށް އެކައުންސިލުން އެދެއެވެ.
ބާ ކައުންސިލް
ހިޔާލު