Midhiya mahu import adhi export ves dhashah
image
މިދިޔަ މަހު އިމްޕޯޓް އަދި އެކްސްޕޯޓްވެސް ދަށަށް
ސީއެންއެމް
0 ކޮމެންޓް
 

މިދިޔަ މަހު އިމްޕޯޓް އަދި އެކްސްޕޯޓްވެސް ދަށަށް

ފާއިތުވި 2018 ވަނަ އަހަރުގެ ޖުލައި މަހާއި އަޅާބަލާއިރު، މިއަހަރުގެ ޖުލައި މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ ނިންބަތާއި އެކްސްޕޯޓްކުރި މުދަލުގެ ނިސްބަތް ދަށަށް ހިނގައްޖެއެވެ.
ކަސްޓަމްސްގެ ފަތާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ ޖުލައި މަހު ރާއްޖެއިން އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު ވަނީ 2018 ވަނަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު ނުވައެއް އިންސައްތަ ވަނީ ދަށްވެފައެވެ.

އެގޮތުން 2018 ވަނަ އަހަރުގެ ޖުލައި މަހު 4.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މިދިޔަ ޖުލައި މަހު އިމްޕޯޓް ކޮށްފައިވަނީ 3.7 ބިލިއަން ރުފިޔާގެ މުދަލެވެ.

މީގެއިތުރުން 2018 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއިން 196 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު މިއަހަރު މިދިޔަ އަހަރުގެ ޖުލައި މަހު އެކްސްޕޯޓް ކޮށްފައިވަނީ 165 މިލިއަން ރުފިޔާގެ މުދަލެވެ.

ނަމަވެސް 2018 ވަނަ އަހަރާއި އަޅާބަލާއިރު މިއަހަހަރުގެ ޖުލައިމަހު ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީވަނީ ހަ މިލިއަން ރުފިޔާ އިތުރު ވެފައެވެ. އެއީ ދެ އިންސައްތައިގެ އިތުރު ވުމެކެވެ.

2018 ވަނަ އަހަރުގެ ޖުލައި މަހު ކަސްޓަމްސް ެދުވެރިކޮށް 281 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖުލައި މަހު ލިބިފައިވަނީ 287 މިލިއަން ރުފިޔާ އެވެ.
ހިޔާލު