Comagai oiyy dhivehi hajjuveriya maruvejje
image
މިއަހަރު ރާއްޖެއިން ހައްޖަށްދިޔަ ބައެއް މީހުން
ސީއެންއެމް
0 ކޮމެންޓް
 

ކޯމާގައި އޮތް ދިވެހި ހައްޖުވެރިޔާ މަރުވެއްޖެ

މިއަހަރު ހައްޖުގެ އަޅުކަމަށް ގޮސްއުޅެނިކޮށް ހާލު ސީރިއަސްވެ ކޯމާގައި އޮތް ދިވެހި ހައްޖުވެރިޔާ މަރުވެއްޖެ އެވެ.
ސްޓްރޯކެއް ޖެހިގެން ކޯމާއަށް ގޮސްފައި ވަނިކޮށް މިރޭ މަރުވެފައިވަނީ ފ. ދަރަނބޫދޫ އަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ ސީމާ މޫސާ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ބޮލަށް އެނބުރުން އަރައިގެން މިދިޔަ ބުދަ ދުވަހު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސީމާ ހިލަ އުކުމަށްފަހު އެނބުރި ޓެންޓަށް އައި ފަހުން އެނބުރުން އަރައިގެން ވެއްޓި ބޯޖެހި ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުން ވަނީ ސްޓްރޯކެއް ޖެހިފަ އެވެ. އޭނާއަށް ފަރުވާ ދެމުން ގެންދިޔައީ މިނާގެ "މިނާ އަލްވާދީ" ހޮސްޕިޓަލުގަ އެވެ.

މިއަހަރު ރާއްޖެއިން 2000 މީހުން ހައްޖުގެ އަޅުކަން އަދާ ކުރުމަށް ގޮސްފައި ވެއެވެ.
ހިޔާލު