Fathuruveriaku neppy eh beachgai valhulumun beach bandhukoffi
image
ބޮރެކޭ ބީޗް--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ފަތުރުވެރިއަކު ނެޕީއެއް ބީޗުގައި ވަޅުލުމުން ބީޗް ބަންދުކޮށްފި

ފިލިޕީންސްގެ ބޮރެކޭ ބީޗުގައި ފަތުރުވެރިއަކު ނެޕީއެއް ވަޅުލި ވީޑިއޯ އެއް އާއްމުވުމާއި ގުޅިގެން އެ ބީޗުގެ ބައެއް ބަންދުކޮށްފިއެވެ.
އެ ހާދިސާއާއި ގުޅިގެން ބޮރެކޭ ބީޗުގެ 100 މީޓަރުގެ ބައެއް، ބުދަ ދުވަހު ބަންދުކޮށްފައިވާއިރު 72 ގަޑިއިރު ފަހުން އެތަން އަލުން ހުޅުވާނެ ކަމަށް އެ ގައުމުގެ ފަތުރުވެރިކަމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

އެ މޫދުގެ އެކި ހިސާބުތަކުން ސާމްޕަލްތައް ނަގައިފާވާއިރު އަދި އެ ޓެސްޓުތަކުގެ ނަތީޖާ ލިބިފައިނުވެއެވެ.

އެ ފަތުރުވެރިޔާ ނެޕީ ވަޅުލި ވީޑިއޯ ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

ސޯޝަލް މީޑިއާގައި އަންގާރަ ދުވަހު އާއްމުވި އެ ވީޑިއޯ ގައި ފެނިގެން ދަނީ އެ ބީޗްގެ "ސެކްޝަން 1" ސަރަހައްދުގައި ފަތުރުވެރިއަކު ނެޕީއެއް ވަޅުލާ މަންޒަރެވެ.

ފާއިތުވި އަހަރުވެސް އެ ރަށަށް ދިމާވަމުންދާ ތިމާވެށީގެ މައްސަލަތަކާއި ގުޅިގެން ފަތުރުވެރިންނަށް ނާދެވޭ ގޮތަށް އެ ރަށް ވަނީ ހަ މަސް ދުވަހަށް ބަންދުކޮށްފައެވެ.

ފިލިޕީންސް ގެ ޓޫރިޒަމް ސެކްރެޓެރީ ސީބީއެން ނޫހަށް މައުލޫމާތު ދިން ގޮތުގައި ނެޕީ ވަޅުލިތަން ހޯދުމަށް މިހާރު އެކި ސަރަހައްދުތަށް ކޮންނަމުން ދާ ކަމަށާއި އެ މަސައްކަތް ނިމެންދެން އެތަނުގައި ފެތުން މަނާ ކަމަށެވެ.

ކަމާ ބެހޭ އޮތޯރިޓީން އެ ވީޑިއޯ އިން ފެންނަ ފަތުރުވެރިން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު ތިމާވެއްޓަށް ގެއްލުންވާ އެފަދަ އަމަލެއް ކުރުމުން ޖޫރިމަނާވެސް ކުރަން ވަނީ ނިންމާފައެވެ.






ފިލިޕީންސް
ހިޔާލު