Barudhan lui kurumah kaanvee mi kaanaathah
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ބަރުދަން ލުއި ކުރުމަށް ކާންވީ މި ކާނާތައް

ގިނަ މީހުންނަކީ ބަރުދަން ލުއި ކުރުމަށް ފުދޭވަރަަކަށް މަސައްކަތް ކުރާ މީހުންނެވެ. ނަމަވެސް ދިރިއުޅުން ހުންނަ ގޮތުން، ނުވަތަ ކޮންމެވެސް ސަބަބަކާއިހުރެ ގިނަ ފަހަރަށް އެ މަސައްކަތެއް އެންމެ އެދެވިގެންވާ ގޮތަކަށް ނުކުރެވެ އެވެ. ސައިންސްވެރިންގެ ދިރާސާތަކުން ވަނީ ހިކެން ބޭނުންވާ މީހުންނަށް އެންމެ ރަނގަޅު ކާނާތަކެއް ހޯދާފައެވެ. "ސުޕާފުޑްސް" ގެ ގޮތުގައި ނަންދީފައިވާ އެ ކާނާތަކަކީ އޭގައި ގިނަ އަަދަދަކަށް އެންޓިއޮކްސިޑެންޓްސް ހިމެނޭ، ސިއްހަތަށް ރަނގަޅު ފެޓްސްގެ މާއްދާ އެކުލެވޭ އަދި އެއާއެކު ފައިބާ އަދި ފޮޓޯކެމިކަލްސް ފަދަ މާއްދާތައް ހިމެނޭ ކާނާތަކެކެވެ.
ސުޕާފުޑްސްގެ ގޮތުގައި ހިމެނޭ ބައެއް ކާނާތައް

އާފަލު
އާފަލުގައި ފައިބާ އާއި، އެންޓިއޮކްސިޑެންޓްސް އަދި މިނަރަަލްސް އަދި ވިޓަމިންސް ފަދަ މާއްދާތައް ހިމެނެ އެވެ. އެ މާއްދާތަކުގެ ސަބަބުން އަވަހަށް ބަރުދަން ލުއި ކުރުމަށް މަގުފަހިކޮށްދޭނެ އެވެ. ހެނދުނުގެ ނާސްތާގައި ނުވަތަ އެހެން ގަޑިއެއްގައި ޑެޒާޓް އެއްގެ ގޮތުގައި އާފަލު ބޭނުންކުރާށެވެ.

ގްރީން ޓީ
ގްރީން ޓީ ގައި ހިމެނޭ "ކެޓްޗިން" ހަށިގަނޑުގެ އެތެރޭގައި ހިނގާ ރިއެކްޝަންސްތައް އަވަސްކޮށްދީ ކެލޮރީސްތައް އަންދާލަން އެހީވެދެ އެވެ.

ފްލެކްސީޑްސް
ފްލެކްސީޑަކީ އޭގައި ކެލޮރީސް ވަރަށް މަދުން ހިމެނޭ ފައިބާ ގިނަ ކާނާއެކެވެ. އޮމޭގާ ތިނެއް ގިނައިން އެކުލެވޭ މި ކާނާގެ ސަބަބުން ގިނަ އިރު ވަންދެން ބަނޑުހައި ނުވެ ހުންނާނެ އެވެ.

އާމަންޑްސް
އާމަންޑްސް ގައި ޕްރޮޓީން އަދި ފައިބާ ފަދަ މާއްދާތައް ހިމެނެ އެވެ. އާމަންޑްސް ކެއުމުން އޭގައި ހިމެނޭ ވިޓަމިން ސީ ގެ ސަބަބުން ފޮނި ކާތަކެއްޗަށް ދެވި ހިފުމުން ދުރުކޮށްދެ އެވެ.

ބިސް
ކޮންމެ ދުވަހެއްގެ ނާސްތާގައި ބިސް ހިމަނާށެވެ. ކެލޮރީސް މަދު އަދި ޕްރޮޓީންސް ގިނަ އެއްޗަކަށް ވުމުން ގިނަ އިރު ބަނޑުހައިނުވެ ހުރުމަށް އެހީވެދެ އެވެ.
ސިއްހަތު
ހިޔާލު