Beyrah hingaatha? Mi kankan kohlaa
image
ބޭރަށް ހިންގާތަ؟ މިކަންކަން ކޮށްލާ--
3 ކޮމެންޓް
 

ބޭރަށް ހިންގާތަ؟ މިކަންކަން ކޮށްލާ

މިދިޔަ މަހުން ފެށިގެން ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އަނެއްކާވެސް މިވަނީ އިތުރުވެފަ އެވެ. ބޭރަށް ހިންގުން ކަމަށް ބެލެވޭނީ 24 ގަޑިއިރު ތެރޭގައި ތިން ފަހަރަށް ވުރެ ގިނައިން ދިޔާކޮށް ބޮޑުކަމު ދެވުމުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެ އެވެ.
ބޭރަށް ހިންގާނަމަ ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ކަންކަން:

1- އޯއާރުއެސް އަދި ދިޔާތަކެތި ބޭނުން ކުރުން

-ގިނަގިނައިން ލޮނު ޕެކެޓް (އޯއާރުއެސް)، ފެން، އަދި ސޫޕް އާއި ކުރުނބާ ފެން ފަދަ ދިޔާ ތަކެތި ބޭނުން ކުރެވިދާނެ އެވެ.

2- އަތް ދޮވުން

- ކުޑަ ކުދިންގެ ނެޕީ ބަދަލުކުރުމަށް ފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން އަދި ބޭނުންކޮށްފައި ހުންނަ ނެޕީ ރައްކާތެރި ގޮތުގައި ނައްތާލަންވާނެ އެވެ.

- ފާހާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮންނަންވާނެ އެވެ.

3- ފެނާއި ކާނާ ރައްކާތެރި ގޮތުގައި ބޭނުން ކުރުން

- ބޯން ބޭނުން ކުރާ ފެން ކައްކައިގެން ބޭނުން ކުރުން މުހިއްމެވެ.

- ކާބޯތަކެތި ބަހައްޓަން ވާނީ މެހި ފަދަ ތަކެތި ނުޖައްސާނެހެން މަތި ޖަހާފަ އެވެ.

4- ޑޮކްޓަރުގެ ލަފާ ހޯދުން

- ތިން ދުވަސް ވަންދެން 24 ގަޑިއިރު ތެރޭގައި ތިން ފަހަރަށް ވުރެ ގިނައިން ބޭރަށް ހިންގާނަމަ ނުވަތަ އިތުރަށް ގޯސްވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަން ވާނެ އެވެ.

5- ގޭގައި އަރާމުކުރުން

- ބޭރަށް ހިންގުމުގެ އަލާމަތްތައް ނުފެންނަތާ ދެ ދުވަސް ވަންދެން، ސްކޫލު ކުދިން ސްކޫލަށް ފޮނުވައިގެން ނުވަތަ މަސައްކަތަށްދާ މީހުން މަސައްކަތަށް ގޮސްގެން ނުވާނެ އެވެ.

ބޭރަށް ހިންގުމުގެ އިތުރުން އެޗްޕީއޭއިން ވަނީ އާދަޔާ ހިލާފަށް ކަރުހިއްކުމާއެކު ބޮލަށް އެނބުރުން އަރާނަމަ އަދި މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުން ނުކުރެވޭ ގޮތް ވުމުގެ އިތުރުން ކުޑަކަމުދެވޭ މިންވަރު މަދުވެ، ގިނަގިނައިން ހޮޑުލެވޭނަމަ ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކޮށްފަ އެވެ. ހަމައެއާއެކު ލެވޭ ހޮޑުގައި ލޭގެ އަސަރު ހުރުމާއި ބޮޑުކަމުދެވޭ ތަކެތީގައި ލޭގެ އަސަރު ހުރުން އަދި އާދަޔާ ހިލާފަށް ބަނޑުގައި ރިއްސާނަމަ ވެސް ޑޮކްޓަށް ދެއްކުމަށް އިލްތިމާސްކޮށްފަ އެވެ.
ހިޔާލު

މާމިގިލީ މީހާ

ފުޅިމަދު އުނގުރިއެއް ޖަހާބަލަ. އޭރުން ދެން ހިންގާނީ އެތެރެއަށް.. ބޭރައް ހިންގުން ބަންދުވީ.

މާމިގިލީ މީހާ

ފުޅިމަދު އުނގުރިއެއް ޖަހާބަލަ. އޭރުން ދެން ހިންގާނީ އެތެރެއަށް.. ބޭރައް ހިންގުން ބަންދުވީ.

ރަނގަޅު

ކަޅު ސައި ބުއީމަ ރަނގަޅު ވީ