Gaaf Alif atholhuga beyvi Jazeera Cup ge champion kan Kolamaafushi team akah
image
ޖަޒީރާ ކަޕްގެ ޗެމްޕިއަންކަން ހޯދި ކޮލަމާފުށީގެ އެފްސީ ވާގަލި--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ގއ. އަތޮޅުގައި ބޭއްވި ޖަޒީރާ ކަޕްގެ ޗެމްޕިއަންކަން ކޮލަމާފުށީގެ އެފްސީ ވާގަލި އަށް

ގއ. އަތޮޅަށް ހުޅުވާލައިގެން ބޭއްވި ޖަޒީރާ ކަޕް މުބާރާތް ކޮލަމާފުށީގެ އެފްސީ ވާގަލި ޓީމުން ކާމިޔާބުކޮށްފި އެވެ.
މުބާރާތުގެ ދެވަނަ ޓީމަކަށް ހޮވިފައި ވަނީ އެ އަތޮޅު ވިލިނގިލިން ބައިވެރިވި މޭރީ ސްޕޯޓްސް ކްލަބެވެ.

ޖަޒީރާ ކަޕަކީ ގއ. އަތޮޅު ކައުންސިލާއި ކޮލަމާފުށީގެ ޖަމިއްޔާ އެއް ކަމަށްވާ ސޮސައިޓީ އޮފް ކޮލަމާފުށި ޔޫތް އާއި ގުޅިގެން ބޭއްވި މުބާރާތެކެވެ. އެ މުބާރާތުގައި ހަ ޓީމަކުން ބައިވެރިވެފައި ވެއެވެ.

ފައިނަލް މެޗް ޝަރަފުކޮށްދެއްވީ މާލެ ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވާގަލި ޓީމުގެ އަބްދުﷲ މުއާޒް ހޮވިފައި ވާއިރު އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވިފައި ވަނީ އަބްދުﷲ ވިޝާމެވެ.

ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ މޭރީ ސްޕޯޓްސް ކުލަބެވެ.
ހިޔާލު