Gemanafushi Futsal mubaaraathuge champion kan FC Chikos ah
image
ގެމަނަފުށި ކައުންސިލުން ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމް އެފްސީ ޗިކޮސް--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ގެމަނަފުށި ކައުންސިލުން ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ޗިކޮސް އަށް

ގއ. ގެމަނަފުށީ ކައުންސިލުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބޭއްވި ގެމަނަފުށި ކައުންސިލް ފުޓްސަލް މުބާރާތް އެފްސީ ޗިކޮސް ކާމިޔާބުކޮށްފި އެވެ.
ފަސް ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދިޔަ އެ މުބާރާތުގެ ދެވަނަ ޓީމަކަށް ހޮވިފައި ވަނީ އެންއެސް ރޯމާ އެވެ. ޒުވާނުންނަށް ހުޅުވާލައިގެން ބޭއްވި މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ އެފްސީ ގެމަލޭންޑެވެ.

ގެމަނަފުށި ކައުންސިލްގެ ރައީސް އަބްދުﷲ ޝިޔާން ވިދާޅުވި ގޮތުގައި އެ މުބާރާތަކީ އެ ސަރަހައްދުގައި ބޭއްވި އެންމެ ވަރުގަދަ އެއް މުބާރާތެވެ.


ރަނަރަޕް ޓީމް އެން އެސް ރޯމާ--

މުބާރާތުގެ ޗެމްޕިއަން ޓީމަށް ކައުންސިލްގެ ފަރާތުން 25000 ރުފިޔާ ދީފައިވާއިރު ރަނަރަޕް ޓީމަށް ދީފައި ވަނީ 10000 ރުފިޔާއެވެ.

ފަސް ދުވަހަށް ކުރިޔަށް ދިޔަ އެ މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމް ރަނަރަޕް ޓީމް އެންއެސް ރޯމާގެ އަލީ ޝާޒް އަށް ލިބިފައި ވާއިރު އެންމެ ރަނގަޅު ކޯޗަކަށް ހޮވިފައި ވަނީ އެފްސީ ޗިކޮސް ގެ މުހައްމަދު ޖަޒްލާނެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައި ވަނީ އެންއެސް ރޯމާގެ އަބްދުﷲ ޒިހުނީ އަދި އަލީ ޝާޒް އާއި އެފްސީ ޗިކޮސްގެ ޖަމްޝާދް ރާމިޒް އަދި އުޝާމް ފާއިޒް އާއި އެފްސީ 32 ގެ އިބްރާހިމް މުހައްމަދެވެ.
ހިޔާލު