Mashroouthah hingumah 17 councilakah faisaa havaalukuranee
image
ކުޑަފަރީ ކައުންސިލަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން.-- ފޮޓޯ: ހޯމް މިނިސްޓްރީ
2 ކޮމެންޓް
 

މަޝްރޫއުތައް ހިންގުމަށް 17 ކައުންސިލަކަށް ފައިސާ ހަވާލުކުރަނީ

ޖަމާއަތުގެ ފައިދާއަށް ހިންގާ މަޝްރޫއުތަކަށް 17 ކައުންސިލަކަށް ފައިސާގެ އެހީ ދިނުމަށް ނިންމައި، އޭގެ ތެރެއިން ބައެއް ކައުންސިލްތަކާއި އެކު ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ހޯމް މިނިސްޓްރީން ސޮއި ކޮށްފި އެވެ.
ހޯމް މިނިސްޓްރީން ބުނީ ފައިސާގެ އެހީ ދޭން ނިންމީ ހަ ރަށެއްގައި ޕާކް ހެދުމަސާއި، ހަ ރަށެއްގެ މަގުބައްތި ޖެހުމުގެ އިތުރުން ހަތަރު ރަށެއްގެ ގަބުރުސްތާން ވަށާފާރު ރޭނުން އަދި ރަށެއްގެ ނެރުބައްތި ޖެހުމަށް ކަމަށެވެ. އަދި އެ އެހީތައް ދޭނެ ރަށްތައް ކަނޑައެޅީ އާއްމުކޮށް ހުޅުވާލައި، ކައުންސިލް ތަކުން ހުށައެޅި ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތަކަށް ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.

އެގޮތުން ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިހާތަނަށް ސޮއި ކޮށްފައިވަނީ އއ. ހިމަންދޫ އާއި ނ. ހޮޅުދޫގެ އިތުރުން ތ. ވިލުފުށި އަދި ނ. ކުޑަފަރި ކައުންސިލާއި އެކުގައި ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.

ހިމަންދޫ ކައުންސިލާއެކު ސޮއިކުރީ ކުޑަކުދިންގެ ޕާކެއް ހެދުމަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގަ އެވެ. އެ މަޝްރޫ އަށް މިނިސްޓްރީން 300،00ރ. ހަރަދުކުރާއިރު، އެ ރަށު ކައުންސިލުން 502،000ރ. ހަރަދުކުރާނެ އެވެ. ހޮޅުދޫ ކައުންސިލަށް ފައިސާދެނީ ކޮމިއުނިޓީ ޕާކެއް ހެދުމަށެވެ. އެ މަޝްރޫއަށް ހޯމް މިނިސްޓްރީން 284،450ރ. ހަރަދުކުރާއިރު، އެ ރަށު ކައުންސިލުން އެ ކަމަށް 216،000ރ. ހަރަދުކުރާނެ އެވެ.

ވިލުފުށި ކައުންސިލަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެނީ ކުޑަކުދިންގެ ޕާކެއް އެޅުމަށެވެ. އެ މަޝްރޫއަށް ހޯމް ނިސްޓްރީން 289،131.15ރ. ހަރަދުކުރާއިރު، އެ ރަށު ކައުންސިލުން 170،000ރ. ހަރަދުކުރާނެ އެވެ. ކުޑަފަރި ކައުންސިލަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މަގުބައްތި ޖެހުމަށެވެ. އެ އެއްބަސްވުމުގެ ދަށުން ހޯމް މިނިސްޓްރީން 300،000ރ. ހަރަދުކުރާއިރު އެ ރަށު ކައުންސިލުން 251،642ރ. ހަރަދުކުރާނެ އެވެ.

އެ އެއްބަސްވުންތަކުގައި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރެވެ. އަދި ކައުންސިލްތަކުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ކައުންސިލްތަކުގެ ރައީސުންނެވެ.
ހިޔާލު

ދޮނޭ

ނައިފަރު ކައުންސިލްއާއި ލާރިކޮޅެއް ހަވާލުކޮއްލައްޗޭ ގުރާކޮށިި ބޮޑު ކޮއްލާން.

ޑިމޮކްރަސީ

ކައުންސިލްތައް ބާރުވެރިކުރަންބުނެ މިހާރު ކައުންސިލްތައް އޮތީ ކުރިޔަށްވުރެވެސް މާޙާލުގަ ރަށުގަ ބިންއޮތަސް ގެދޮރުގަޑު ވެސް ދެވޭކަށްނެތް ސެންޓްރަލް ގަވަރުމެންޓުންހުއްދަ ދެއްވި ދުވަހަކުން ނޫނީ